ads
ބީއެމްއެލްގެ ސީއީއޯ--
ދަތި ނުވެ ޑޮލަރު ލިބޭނެ ގޮތެއް ހޯދަން ފިޔަވަޅު އަޅާނަން: ބީއެމްއެލްގެ ސީއީއޯ
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެެއް ހޯދުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ، ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ޓިމް ސޯޔާ އެގޮތަށް ވިދާޅުވެފައި މިވަނީ މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ޓިމް ވިދާޅުވީ، ކޮވިޑާއި އެކު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ރާއްޖެއަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަ ހުރި ކަމަށެވެ. އެކަމާއި ގުޅިގެން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް ބީއެމްއެލުން އަޅަމުންދާނެކަން ފާހަގަކުރައްވާ ޓިމް ވިދާޅުވީ އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅާ ބޭންކުން ޑޮލަރު ދޫކުރާނެ ކަމަށެވެ. 

އޭގެ ތެރޭގައި ރާއްޖެއަށް މުދާ ގެނައުމާއި މުހިއްމު ޓީޓީތަކަށް އިސްކަންދޭނެކަން ޓިމް ފާހަގަކުރައްވަ އެވެ.

ޓިމް އިތުރަށް ވިދާޅުވީ މިދަނޑިވަޅަކީ އާންމުންނަށް ވެސް އިންތިހާއަށް ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަމުން ބީއެމްލުން ވެސް އަންނަީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށާއި އަދި އެ މަސައްކަތުގައި ދެމި އޮންނާނެ ކަމަށެވެ. 

ޓިމް ވަނީ ޑޮލަރުގެ ލިކިއުޑިޓީ ހިފެހެއްޓުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކާއި ގުޅިގެން ފަންޑިން ހޯދުމުގެ މަަސައްކަތް ވެސް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ހަމަޖައްސާފައިވެ އެވެ. 

ޓިމް ވަނީ މިދިޔަ އަހަރަކީ ބޭންކަށް ވަރަށް ކާމިޔާބު އަހަރެއް ނަމަވެސް، މިއަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާއެކު ބޭންކަށް ވެސް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ބޭއްވި ޖަލްސާގައި ވަނީ ހިިއްސާއަކަށް 26 ރުފިޔާ ބަހަން ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް