ads
އިސްލާމިކް މިނިސްޓަރު--
ރާއްޖެއިން ބޭރުގައި ހާލުގައި ޖެހޭ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީވަނީ
މަތީ ތައުލީމަށް ރާއްޖެއިން ބޭރަށްދާ ދަރިވަރުންނަށް ފައިސާގެ ދަތިކަން ކުރިމަތި ވެއްޖެ ހާލަތެއްގައި ޒަކާތު ފަންޑުގެ އެހީއަށް މިހާރު އެދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވީ ބޭރަށް މަތީ ތައުލީމަށް ދާ ދަރިވަރުންނަށް މާލީ ދަތިކަން ބައެއް ފަހަރު ދިމާވާ ކަމަށާއި ކުރީގެ އުސޫލުތައް އޮންނަ ގޮތުން އެފަދަ ހާލަތެއް މެދުވެރި ވެގެން ޒަކާތު ސްކޮލަޝިޕް ކޮމެޓީއަށް އެހީއަށް ހުށައެޅިޔަސް ދަރިވަރުންނަށް އެއްވެސް އެހީއެއް ވެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.

އެހެންނަމަވެސް މިހާރު އޭޖީގެ ލަފަޔާއި އެކު އުސޫލުތައް ބަދަލުކޮށް އެފަދަ ހާލަތެއް މެދުވެރިވާ ދަރިވަރުނަން އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގައި ހެދިފައި އޮންނަ އުސޫލުގައިވާ ގޮތުން ބޭރުގައި ހާލުގައި ޖެހޭ ކުދިންނަށް އެހީވާނެ ގޮތެއް ކުރިއަކު ނޯވެ އެވެ. 

އެެކަމަކު މިހާރު ގެޒެޓްކުރުމުގެ މަރުހަލާގައި އޮތް އުސޫލުގައިވާ ގޮތުން އެ ދަރިވަރުން ހާލުގައި ޖެހިއްޖެނަމަ މިނިސްޓްރީއަށް ހުށަހެޅޭ ގޮތްތައް ބަޔާންކޮށްފައިވާނެކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ މިދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރީން އަންނަނީ ހާލުގައި ޖެހޭ މީހުންނަށް ވެސް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް