ads
ހިދުމަތާ އަލަށް ގުޅުނު ފުލުހުން -- ފޮޓޯ: ޕޮލިސް މީޑިއާ
ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި
ދިވެހި ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ހެނދުނު  ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛް އަބްދުﷲ އަލީ އެވެ.

ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު މި ރަސްމިއްޔާތު ގައި ވާހަކަދައްކަވަމުން ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛް ޢަބްދުﷲ އަލީ ވިދާޅުވީ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި މާތް ﷲ ގަންދީ ހުވާކޮށްގެން ހުރެ ހުވަޔާއި ހިލާފުވެއްޖެނަމަ އެކަމުގެ ގެއްލުން އެމީހަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ހުރިހާ ފުލުހުން ވެސް ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ގާޒީ ނަސޭހަތްތެެރިވެ ލެއްވިއެވެ.

your imageއިސްކަންދަރު ބިލްޑިންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—— ފުޓޯ: ޕޮލިސް މީޑިއާ

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންް ވިދާޅުވީ މިއަދުގެ ރަސްމިއްޔާތުގައި ހުވާކޮށްފައި ވަނީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު 21 ފުލުހުން ކަމަށެވެ. އެއީ 15 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ ހަ ފުލުހުުންނެވެ. މި ރަސްމިއްޔާތުގައި ހުވާކުރުމަށްފަހު ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް