ads
ޖަންބޯ ގޯނީގެ ކުނި ހުޅުމާލެ ފަޅުތެރެއިން ނަގާފަ——ފުޓޯ: އެޗްޑީސީ
25 ޖަންބޯ ގޯނީގެ ކުނި ހުޅުމާލޭ ފަޅުތެރެއިން ނަގައިފި
ތިން ދުވަސް ތެރޭ 25 ޖަންބޯ ގޯނީގެ ކުނި ހުޅުމާލެ ފަޅުތެރެއިން ނަގާފައިވާ ކަމަށް ހައުސިން ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ

އެޗްޑީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ތިން ދުވަސް ތެރޭ 25 ގޯނީގެ ކުނި ހުޅުމާލެ ފަޅުތެރެއިން ނަގާފައިވާ ކަމަށެވެ

ފުޓޯތަކާއިއެކު ކޮށްފައިވާ މި ޓުވީޓުން ފެންނަ ގޮތުން ޖަންބޯ ގޯނީގައި ގިނަ އަަދަދެއްގެ ކުނި ފަޅުތެރެއިން ނަގާފައިވެއެވެ.

ފަޅުތެރޭގައި ޕްލާސްޓިކް ފުޅިފަދަ ތިމާވެއްޓަށް ގެއްލުންލިބޭ އެތަށް ކުންޏެއް ވާއިރު އެޗްޑީސީ އިން ވަނީ އުޅޭ މާހައުލު ސާފްކޮށް ރީތިކޮށް ބޭއްވުމަށް ކޮންމެ މީހަކުވެސް އަމިއްލަ ޒިންމާ އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިގިލީގައިވެސް ކުނި މަގުމަށްޗަށް އެޅުމާއި މީހުންނަށް އުދަގޫވާނެ ފަދަ ގޮތަށް ކުނިތަށް ތަންތަނަށް ޖަމާކޮށްފައި ބަހައްޓާ މައްސަލަ އަކީ އަބަދުވެސް ފެންމަތިވާ މައްސަލަ ތަކެކެވެ. 

ވަރަށް ފަހުންވެސް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ މިގޮތަށް މަގުމަށްޗަށް ގަަސްތުގައި އާއްމުން އުކާލާ ކުންޏަކީ އާންމު މީހާގެ ޖީބުން ހަރަދު ވާ ފައިސާ ކަމަށް ވިދާޅުވެފައެވެ. ޝިފާ ވިދާޅުވީ އެގޮތަށް މަގުމަށްޗަށް ޖަމާކޮށްފައި ބަހައްޓާ ކުނި އުކާލާ ކޮންމެ ފަހަަރަކު ބިލް ކުރަން ޖެހޭތީ އެއީ ހަމަ ރައްޔިތުންގެ ޖީބުން ހޭދަވާ ހަރަދު ކަމަށް ވިދާޅުވެފައެވެ. 

ފަޅުތެރެއަށް އަޅާފައިވާ ކުނީގެ ތެރޭގައި ގިނައިން ހިމެނެނީ ބޮއިފައި އުކާލާ ޕްލާސްޓިކް ފެންފުޅިއާއި ދަޅުފަދަ ތަކެއްޗެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް