ads
ކަރެކްޝަން ސާވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭއްވި އައި ކޭންޕްގެ ތެރެއިން——ފުޓޯ: ކަރެކްޝަންސް
ލޮލުގެ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ ގައިދީންނަށް އެ ހިދުމަތް ފޯރުކޮށްދީފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް “އައި ކޭމްޕް” އެއް ބާއްވައި، 55 ޤައިދީންނަށް ހިދުމަތް ފޯރުކޮށްދީފި އެވެ.

ކަރެކްޝަންސް އިން ބުނީ އެ “އައި ކޭމްޕް”ގެ މަގްސަދަކީ ކޯވިޑް-19 އާ ގުޅިގެން ހާއްސަ ބަލިތަކުގެ ތެރެއިން ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ގައިދީންނަށް ފަސޭހަކަމާއެކު އެ ޖަލުން ހިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމުގައެވެ. 

އެގޮތުން “އައި ކޭމްޕް” ކުރިއަށް ގެންގޮސްފައިވަނީ ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

your image ކަރެކްޝަން ސާވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭއްވި އައި ކޭންޕްގެ ތެރެއިން——ފުޓޯ: ކަރެކްޝަންސް

އައިކެއާ އާ ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ހާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ވަނީ ދެނެގަނެފަކަަށާއި އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެވިފައި ކަމަށް އެ އިދާރާއިން ބުނެއެވެ. 

އެގޮތުން 55 ގައިދީންގެ ޗެކަޕްހަދައި، 52 ގައިދީން ނަށް އައިނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ސާވިސްއިން މައުލޫމާތު ދެއެވެ.

އެ ސާވިސްއިން ކުރިއަށްއޮތްތާންގައި ވެސް ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ރާވަމުން ގެންދާކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް