ads
ގއ. ދާންދޫ
ގއ ދާންދޫ އިން ދެމީހަކު ޕޮޒިޓިވް ވެއްޖެ
ގއ ދާންދޫ އިން ދެމީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ގއ ދާންދޫ އިން މިއަދު ޕޮޒިޓިވްވެފައިވަނީ އުމުރުން 59 އަހަރުގެ އަންހެނަކާއި އެމީހާގެ ދަރިފުޅު 19 އަހަރުގެ ފިރިހެނެކެވެ.

ގަ ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ އެ ދެ މީހުންނަކީ ހުސްވި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު މާލެއިން އައި ދެ މީހުން ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވި ކަން އެނގުނީ އެމީހުން މާލެ އިން އައުމަށް ފަހު 14 ދުވަހުގެ ހޯމްކަރަންޓީނަށް ފަހު ހެދި ޓެސްޓން ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އެމީހުން ޕޮޒިޓިވް ވިޔަސް އަދި މިވަގުތު އެރަށް މޮނިޓަރިންގެ ހާލަތަށް ނުގެންނަ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އިސްމާއީލް ވިދާޅުވީ އެ ދެމީހުން ޕޮޒިޓިވް ވުމާއި އެކު އެޗްޕީއޭއާއި އެރަށު ހެލްތު ސެންޓަރު ގުޅިގެން މިހާރު އަންނަނީ އެމީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ކުރަމުން ކަމަށެވެ.

ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ކުރަމުން ގެންދިޔަ ކަމުގައި ވިޔަސް އެމީހުން މާލެ އިން ރަށަށް އައުމަށް ފަހު އެއްވެސް ވަރަކަށް ގެއިން ބޭރަށް ނިކުމެ މީހުންނާ ބައްދަލުކުރިކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. 

ޕޮޒިޓީވްވި ދެ މީހުން ރަށުގެ އެހެން މީހުންނާ ވާހަކަ ދައްކާ ބައްދަލުކޮށް ހެދި ކަމަށް ރަށު ތެރޭ ވާހަކަ ދެކެވޭ ކަމަށާ އެހެން ނަމަވެސް އެއީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އަދި އެމީހުން އުޅޭ ގެޔަށް މީހުން ވަދެ ނިކުމެހަދާނެ ކަމަށް އަދި އެ ދެމީހުން އެހެން މީހުންނާ ބައްދަލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އިސްމާއީލް ވިދާޅުވިއެވެ.

މިއީ ދާންދޫ އިން ކޮވިޑް19 ގެ ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ.

އިސްމާއީލް އިތުރަށް ވިދާޅުވީ އެރަށުގައި މިވަގުތު ކަރަންޓީނުގައި 11 ގެއެއްގަ 33 މީހުން އެބަތިބި ކަމަށާ މާލެއިން އައިސްގެން 7 ގެއެއްގައި 23 މީހުން ހޯމް ކަރަންޓީނުގައި އެބަ ތިބިކަމަށެވެ.

މީގެ އިތުރުން ގދ ތިނަދޫ ކޭސް އާއި ގުޅިގެން 3 ގެއެއްގައި 10 މީހުން ހޯމް ކަރަންޓީނުގައި އެބަތިބި ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް