ads
ގއ ދާންދޫ. ފޮޓޯ: ދާންދޫ ކައުންސިލް
ގއ. ދާންދޫގެ ކަރަންޓީނުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ގއ. ދާންދޫގައި ގޭގައި ކަރަންޓީނުވެގެން ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ މާލެއިން ރަށަށް ދިޔުމަށް ފަހު ގޭގައި ކަރަންޓީނުވެގެން ތިބި އުމުރުން 19 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ. 

އެ މީހުން ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން ހެދި ޓެސްޓުންނެވެ. އެމީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ގދ. ތިނަދޫގެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ވެސް ދާންދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރި އެވެ. އެ މީހާ ދާންދޫއިން ދިޔަ ގެޔެއް މިހާރު ވަނީ މޮނިޓަރިންއަށް ލާފަ އެވެ.

ރާއްޖޭގައި މިހާތަނަށް 7،804 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 5152 މީހުން ރަނގަޅުވެފައި ވާއިރު، 29 މީހަކު ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް