11358
CONFIRMED

DEATHS
10382
RECOVERED
🌏41,641,309
INFECTED
🌏28,271,838
RECOVERED
🌏1,136,503
DEATH
🌏68%
RECOVERY RATE
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ކުރިއަށް އޮތް ތިން މަހު ޑޮލަރު ދޫކުރާނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް
Share
ކުރިއަށް އޮތް ތިން މަސް ދުވަހު ބޭންކުތަކުން ޑޮލަރު ދޫކުރާނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
Advertisement

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު މަހުން ފެށިގެން ތިން މަސް ވަންދެން ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ވަނީ ރާވާފަ އެވެ. 

"މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށެވެ،" ބަޔާނުގައި ވެއެވެ.

ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އޭޕްރިލް، މޭ، ޖޫން އަދި ޖުލައި މަހު އިތުރު ކުރި ކަމަށް އެ ބަޔާނުގައި ވެއެވެ. 

އޭގެ އިތުރުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ ރިޒާވް ފަސް ޕަސަންޓަށް ނުވަތަ ދެބައިކުޅަ އެއްބަޔަށް މިހާރު ދަށްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރަސްމީ ރިޒާވަށް ކުރާ އަސަރު ކުޑަކުރުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.  

އެމްއެމްއޭ އިން ބުނީ އެ އިދާރާ އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު އޮތް ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. 

އޭގެ އިތުރުން އެ ސްވޮޕްގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ބަޔާނުގައި ވެއެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ. 

"މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެން ދާނެއެވެ،" ބަޔާނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް