ads
އިިވާން ރަކިޓިޗް ----
ރަކިޓިޗް ވެސް ބާސާޔާ ދުރަށް
ކްރޮއޭޝިއާގެ 32 އަހަރުގެ މިޑްފީލްޑާ އިވާން ރަކިޓިޗް ބާސާ ދޫކޮށް އޭނާގެ ކުރީގެ ކްލަބް ސެވިއްޔާއަށް ގުޅެން ތައްޔާރުވެއްޖެ އެވެ.

2014 ވަނަ އަހަރު ބާސެލޯނާއާ ގުޅުން ރަކިޓިޗް ބާސާ ދޫކޮށްލަން ނިންމީ ބާސާގެ އާ ކޯޗް ރޮނާލްޑް ކޫމެންގެ ޕްލޭންގައި ރަކިޓިޗް ހިމެނިފައި ނުވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރަކިޓިޗް ސެވިއްޔާއާ ގުޅޭނީ ދެ އަހަރު ދުވަހު އެއްބަސްވުމެއްގައި ކަމަށް ބެލެވެ އެވެ. އެ އެއްބަސްވުމާއެކު ރަކިޓިޗްގެ މުސާރަ ސީޒަނަކު ތިން މިލިއަން ޔޫރޯ އަށް ކުޑަވާނެކަމަށް ގޯލްސް އިން ރިޕޯޓް ކުރެ އެވެ.

ބާސާގައި ހޭދަ ކުރި ހަ އަހަރު ދުވަހުގައި ރަކިޓިޗް ވަނީ ހަތަރު ފަހަރު ލަލީގާ ހޯދައި، ހަތަރު ފަހަރު ސްޕަނިޝް ކަޕް ހޯދައި އަދި އެއް ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުއްލާލާފަ އެވެ.

ރަކިޓިޗް ބާސާ ދޫކޮށްލިއިރު ވިޑާލް އާއި މެސީ ވެސް ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް