އާޖެންޓީނާގެ ރައީސް ބޭނުންފުޅުވަނީ މެސީ ރަށަށް އަންނަން
އަހުމަދު ފައިސަލް
02 ސެޕްޓެމްބަރ 2020 - 08:54:58
އާޖެންޓީނާގެ ތަރި މެސީއާ ބާސެލޯނާއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވަނިކޮށް، މެސީ ރަށަށް އައުމަށް އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭސް އެދިވަޑައިގެންފިއެވެ. މެސީ އެނބުރި ރަށަށް އައުމަށް، އާޖެންޓީނާގެ ރައީސް ފެނާންޑޭސް އެދިވަޑައިގެންނެވީ އާޖެންޓީނާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިޔުއއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާޖެންޓިނާގެ ރައީސް ފެނާންޑޭސް ވިދާޅުވީ، މެސީ އެނބުރި ރަށަށް އައިސް ރަށުގައި ކުޅޭ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅު ކަމަށެވެ. އަދި އެކަމަށް ގިނަ ބަޔަކު އެދޭނެ ކަމަށް ފެނާންޑޭސް ވިދާޅުވިއެވެ.
"އާޖެންޓީނާގެ ކޮންމެ ރައްޔިތެއްގެ ހިތުގައި މެސީއަށް އަބަދުވެސް ޚާއްސަ ޖާގައެއް އޮންނާނެ ކަމާއި މެދު ޝައްކެއްވެސް ނެތް. އާޖެންޓީނާގައި މެސީ ކުޅޭތަން ފެނިފައިނުވާތީ، އެ މަންޒަރު ދައްކައިދިނުމަށް އެދެން. މެސީގެ ކާމިޔާބު ކެރިއަރު ނިންމާލަން އަޅުގަނޑު އެދެނީ އާޖެންޓީނާގައި. މެސީގެ ކުޑައިރުގެ ކްލަބު ނެވެލްސް އޯލްޑް ބޯއީސްއަށް ކުޅޭތަން ދެކެން ބޭނުން."
ބާސެލޯނާއާއި މެސީއާ ދެމެދު ނުތަނަވަސްކަމެއް އުފެދި، މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވެ އެކަން ކްލަބަށް އެންގުމާއި އެކު އެކި ނެވެލްސް އޯލްޑް ބޯއީސްގެ ސަޕޯޓަރުންވަނީ އޭނާ އެ ކުލަބަށް އައުމަށް އެދެން ފަށާފައެވެ. މެސީ އެންމެ ޒުވާން އިރު، އޭނާގެ ކެރިއަރު ފެށީ އެ ކްލަބުންނެވެ. އޭނގެ ފަހުން ބާސެލޯނާގެ ލަ މާސިއާ އެކެޑަމީއާ މެސީ ގުޅުނީ ވަރަށް ކުޑަ އިރުއެވެ. ބާސާގެ ސީނިއަރ ޓީމުން މެސީއަށް ފުރުސަތު ލިބުނީ 2004 ވަނަ އަހަރުއެވެ. އޭނގެ ފަހުން މެސީ ކުޅުނީ ބާސެލޯނާއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް