ads
މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު——ފުޓޯ:ޕޮލިސް މީޑިއާ
މޯލްޑިވްސް ޕޮލިސް ސާވިސްއިން ޕްރޮޖެކްޓް ގާޑިއަން އިފްތިތާހުކޮށްފި
ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހިގެންދިޔަތާ 16 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ޕްރޮޖެކްޓް ގާޑިއަން އިފްތިތާހުކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

your imageރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދް-- ފޮޓޯ: ޕޮލިސް މީޑިއާ

ރަސްމިއްޔާތު ޝަރަފުވެރި ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި މުޖުތަމައުގެ އަންހެނުންނާއި ކުޑަކުދިން އަދި އާއިލާތަކަށް ކުރިމަތިވާ ބޮޑެތި އަނިޔާތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް އެންމެ ފުރަތަމަ ރައްޔިތުން އެދޭ ބަޔަކީ ފުލުހުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެންމެ ކުރީ ސަފުގައި އެންމެ މުހިންމު މަސައްކަތެއް ކުރާ ބަޔަކީ ފުލުހުން ކަމުގައި ފާހަގަކުރެއްވިއެެވެ.

އޭގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ތެރޭގައި ގާއިމުކޮށްފައިވާ ޔުނިޓަކީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ތަހުގީގު ކުރުމާއި ހެކި ހޯދުމާއި ކޭސް ބިލްޑްކުރުމުގެ ބެސްޓް ޕްރެކްޓިސް އެނގޭ، ފަންނީ ގާބިލުކަންހުރި، މައްސަލައިގެ މުހިންމުކަން ދެނެގަނެގެން މަސައްކަތްކުރާ ޔުނިޓަކަށް ވާނޭ ކަމަށް އުންމީ ދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކޯވިޑް 19 އާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެކަމަނާ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ފުލުހުންގެ ސީނިއަ އޮފިސަރުންނާއި، ބްރިޓީޝް ހައި ކޮމިޝަނާ ބައިވެރިވި އެވެ. އަދި މި ރަސްމިއްޔާތުގައި ވަޗުއަލްކޮށް، މިނިސްޓަ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީއާއި، ޔުނިސެފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓް ގާޑިއަންއަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ކުޑަކުދިންނާއި، އަންހެނުންނާއި، އާއިލާތަކާ ގުޅޭގޮތުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާއި، ހަރަކާތްތަކުގެ މައްޗަށް އެކުލެވޭ ޕްރޮޖެކްޓެއް ކަމަށެވެ.

އެގޮތުން ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށްކުރާ ކުށުގެ އަމަލުތައް ހުއްޓުވައި އެކަށީގެންވާ އަވަސް މިނެއްގައި ޒިންމާދާރުކަމާއި ރޭވުންތެރިކަމާ އެކީގައި ފިޔަވަޅުއެޅޭނެ މަގު ފަހިކުރެވިގެންދާނެ ކަމަށާއި އެފަދަ ކުށްތަކާގުޅޭ ރީސާޗް ސެލްއެއް ގާއިމުކުރުމާއި، އެފަދަ ކުށްތަކާބެހޭ ދިރާސާތައް ކުރުމާއި، މުޖުތަމައަށް ބޭނުންވާ އެކިބާވަތުގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ކުށްކުރާ ސަބަބުތަކާއި، ކުށްކުރުމަށް ފުރުސަތު ލިބޭ ސަބަބުތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

އަދި ޖިންސީ ކުށްތަކާއި، މަސްތުވާތަކެއްޗާ އޭގެ ވަށައިގެން ހިނގާ ކުށްތަކާއި، ހަރުކަށިފިކުރުގެ ތެރެއިން ކުޑަކުދިންނާއި އާއިލާތަކުގެ ހައްގުތައް ގެއްލޭގޮތަށް ކުރާ މަސައްކަތްތައް ހުއްޓުވައި އެފަދަ ފިކުރުތަަކަށް ހުށަހެޅުން ހުއްޓުވުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވިގެންދާނެކަން ފާހަގަ ކުރައްވާ އޮންލައިން ޕްލެޓްފޯމްތަކުގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުން ހުއްޓުވުމާއި، ޗައިލްޑް ސޭފް ޓުއަރިޒަމްއަށް ހާއްސަ ތަމްރީނުތަކާއި ސެންސިޓައިޒޭޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު މިފަދަ ތަހުގީގުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، މައްސަލަތަކުގެ އެކި މަރުހަލާތަކުގެ ކުރީސަފުގައި މަސައްކަތްކުރާ ފުލުހުންނާއި، ތަހުގީގުކުރާ ފަރާތްތަކާއި، ސުޕަވައިޒަރީ އަދި މެނޭޖްމަންޓްގެ ރޯލުތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ލިއްބައިދިނުމާއި، ވަސީލަތްތައް ހަމަކޮށްދިނުންވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކަމަށާއި މިފަދަ މަސައްކަތްކުރާ ފަރާތްތަކަަށް ބޭނުންވާ ނަފްސާނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޭސް މެނޭޖްމަންޓް އޯޑިޓްތައް ހެދުމާއި، ތަހުގީގުކުރުމާއި، ތަހުގީގުތައް މެނޭޖުކުރުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެބަދަލުތައް ގެނައުމަކީވެސް މި ޕްރޮޖެކްޓުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް