ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
އެއާޕޯޓް ހެލްތު އެކްރެޑިޓޭޝަން ވެލާނާ އެއާޕޯޓަށް ލިބިއްޖެ
އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް އޭސީއައި އިން ދެމުންދާ "އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން" ސެޓްފިކެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.

ވެލާނާ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއާޕޯޓް ހެލްތު އެކްރިޑަރޭޝަން ސެޓްފިކެޓް، އެ އެއާޕޯޓަށް ލިބުމަކީ ލިބުން ކާމިޔާބީ އެކެވެ.

އެއާއެކު ވެލާނާ އެއާޕޯޓްވެފައި މިވަނީ އޭޝިއާ ސަރަހައްދުން އެ އެކްރިޑަރޭޝަން ސެޓްފިކެޓް ލިބުނު ދެވަނަ އެއާޕޯޓަށެވެ. 

ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއެކު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ކޮވިޑާއެކު ރާއްޖޭގެ ބޯޑަރު ތިން މަހެއްހާ ދުވަހަށް ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމުގެ ކުރިން އެމްއޭސީއެލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެއާޕޯޓް ހުޅުވަން ތައްޔާރުކޮށްފަ އެވެ. އެގޮތުން ތާމަލް ކެމެރާ ހަރުކުރުމުގެ އިތުރަށް ވަނީ އިޖުތިމާއީ ގައިދުކުރުމަށް ހާއްސަކޮށް ފާހަގަތައް ބަހައްޓާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް