ads
މެމްބަރު ސައުދު ހުސައިން--
ވިލިނގިލީ ރައްޔިތުން ނަސްލީ ތަފާތުކުރުމެއް ނުގެންގުޅޭނެ: ސައުދު
ގއ. ވިލިނގިލީ ރައްޔިތުންނަކީ އެއްވެސް ނަސްލީ ތަފާތުކުރުމެއް ނެތި އަބަދުވެސް އެހެން ރަށްރަށުގެ މީހުންނަށް މަރުހަބާ ކިޔާ ބައެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުަސެއިން ވިދާޅުވެއްޖެ އެވެ.

ސައުދު އެގޮތަށް ވިދާޅުވެފައި މިވަނީ ދާންދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް މިރޭ ގެންދިއުމުންނެވެ. 

އެގޮތުން އެރަށުގެ ރައްޔިތުންނަކީ އަބަދުވެސް ނަމާނާ ދައްކާ ބައެއް ކަމަށާއި އެއްވެސް ނަސްލީ ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް މަރުހަބާ ކިޔާ ބަޔަކު އުޅޭ ރަށެއް ކަމަށް ވިދާޅުވި އެވެ.

ސައުދު އެގޮތަށް ވިދާޅުވިއިރު އިއްޔެ ވަނީ ތިނަދޫ އިން އެރަށަށް ކޮވިޑް ޖެހުނު މީހަކު ގެންދިއުމުން އެރަށަށް އެމީހާ އެރުވުމާއި ދެކޮޅަށް ބަޔަކު އިހުތިޖާޖުކޮށްފަ އެވެ.

އެކަމުގައި މިރޭ ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ސުވާލުކުރުމުން ސައުދު ވިދާޅުވީ އެރަށު މީހުން އެމީހާ އެރުވުމާއި ދެކޮޅަށް އިހުތިޖާޖު ނުކުރާ ކަމަށެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް