ads
ވިރާޓް އާއި އަނުޝްކާ--
އަނުޝްކާ ބަނޑުބޮޑުކަން އެނގުމުން އުފަލުގެ ކޮޅެއް ނެތް: ވިރާޓް
ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ސިފަކުރާ، އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީއަށް ދަރިއަކު ލިބެން އުޅޭކަން މިދިޔަ މަހުގެ 27 ގައި އިއުލާންކޮށްފައިވާއިރު އަނބިމީހާ ބަނޑުބޮޑުކަން އެނގުމުން ވަރަށް އުފާވި ކަމަށް ވިރާޓް ބުނެފި އެވެ.

ބައްޕައަކަށްވާތީ އެކަމުގެ އުފަލުގައި ހުރި ވިރާޓް ބުނީ އަންހެނުން ބަނޑުބޮޑުކަން އެނގުމުން ކުރެވުނީ ވަރަށް ތަފާތު އިހުސާސެއް ކަމަށެވެ. އޮތުން ބުނެދޭން ނޭނގޭ އުފާވެރި ކަމެއް އިހުސާސް ކުރެވުން ކަމަށް އޭނާ ބުނެ އެވެ.

ވިރާޓް ބުނީ އެކަން އިއުލާންކުރުމުން މީހުންގެ ފަރާތުން ލިބުނު ލޯތްބަކީ ވެސް ވަރަށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި ފެނިގެންދިޔައީ އެ އާއިލާއަށް ލިބޭ އުފާވެރިކަމުގައި މީހުން ބައިވެރިވާ މަންޒަރު ކަމަށް ބުންޏެވެ.

އެކަން އިއުލާންކުރުމަށް ހިއްސާކުރި ފޮޓޯގައި ވެސް އަނުޝްކާ ބަނޑުބޮޑު މަންޒަރު ސަޕޯޓަރުންނަށް ދައްކާލި އެވެ. އަދި އަނުޝްކާގެ ކައިރީގައި ވިރާޓް ހުންނަ މަންޒަރު ވެސް ފެނެ އެވެ. 

މިހާރު އަނުޝްކާގެ ބަނޑަށް ގާތްގަނޑަކަށް ހަތަރު މަސްވެފައިވާއިރު އޭނާ ވިހާނީ އަންނަ ޖެނުއަރީ މަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް