ads
ސުޝާންތު ސިންގް ރާޖުޕުތު--
ސުޝާންތު މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް: ސީބީއައި
ސުޝާންތުގެ މަރަކީ ބަޔަކު ރާވައިގެންކޮށްފައިވާ ކަމެއް ކަމަށް ފެންނަ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާގެ މަރު ދިރާސާކުރަމުންދާ ސީބީއައި ޓީމުން ބުނި ނަމަވެސް އަދިވެސް ތަހުގީގު ހުއްޓައެއް ނުލަ އެވެ.

ސުޝާންތު މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށް ބުނެފައި ވަނީ ސެންޓަރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަންގެ ތިން އޮފިސަރުންނެވެ. އެމީހުން ބުނި ގޮތުގައި މަރުގެ ސީން އާއި ފޮރެންސިކް ރިޕޯޓްތަކަށް ބަލާއިރުވެސް އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ސީބީއައި އިން މިހާރު މި މައްސަލަ ބަލަމުންދަނީ ސޫސައިޑް އޭންގަލްއިން ކަމަށާއި މަސައްކަތް ކުރަމުން ދަނީ ސޫސައިޑްވެފައިވާ ކަމުގެ އެއްވެސް ހެއްކެތް ފެނޭތޯ ކަމަށް ސީބީއައިގެ ތިން އޮފިސަރުން ބުނެފައި ވެއެވެ.

އެހެންންމަވެސް މިއީ މުޅި ޓީމުގެ ނިންމުން ނޫން ކަމަށް ވުމުން މިކޭސް އަދިވެސް ދަނީ އިންވެސްޓިގޭޓް ކުރަމުންންނެވެ. މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅޭ ގޭގަ އެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ މިއީ ސުސައިޑް ކޭހެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބުނަނީ މި މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. ގިނަ ބައެއްގެ ގޮވާލުންތައް އަންނަމުންދާ ސުޝާންތުގެ މަރުގެ މައްސަލަ ފުލުހުންނާއި ސީބީއައި އިން މިހާރު ދަނީ ބަލަމުންނެވެ. 

މި ހާދިސާއަށް ދެ މަސްވެފައި ވާއިރު އަދި މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ކަމާބެހޭ ފަރާތްތަކުން މައްސަލާގެ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާކޮށްފައެއްނުވެ އެވެ. އެހެންނަމަވެސް އާއްމުންނާއި އާއިލާއިން ދަނީ މިކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކުރަމުންނެވެ.

މި މައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރަމުންދަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރްބޮޓީއަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

ސުޝާންތު މަރާލިކަމުގެ ތުހުމަތު ރިއާއަށް ކުރަމުން އަންނައިރު ސުޝާންތުގެ އާއިލީ ވަކީލު ސިދާތުގެ މައްޗަށް ކުރަނީ، ރިއާއަށް އެހީތެރިވިކަމުގެ ތުހުމަތެވެ. 

އިންޑިއާގެ ނޫހަކަށް ވަކީލު ވިކާސް ބުނި ގޮތުގައި، ސިދާތަކީ ވަރަށް "އިންޓެލިޖެންޓް ކްރިމިނަލް" އެކެވެ. އެގޮތުން ސުޝާންތުގެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ބެލުމުގެ ކުރިން ސިދާތު އައީ ސުޝާންތުގެ އާއިލާއަށް ކޮންމެ ދުވަހަކު ގުޅިކަމަށާއި އެމީހުންނަށް އެހީވާން ވެސް މަަސައްކަތް ކުރި ކަމަށް ބުންޏެވެ. އެކަމަކު ފުލުހަށް މައްސަލަ ހުށަހެޅުމާއެކު އޭނާ އަންނަނީ ރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބުންޏެވެ. 

އެގޮތުން ރިއާއަށް އޭނާ މެއިލްތައް ކުރަމުން އަންނަ ކަމަށާއި އެފަދަ ގޮތަކަށް މައްސަލާގައި ތުހުމަތު ކުރެވޭ މީހަކާ މުއާމަލާތް ކުރުމަކީ ޝައްކު އިތުރުވާކަމެއް ކަމަށް ވެސް ވަކީލު ބުންޏެވެ. 

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުގެ ކުރިން ސިދާތު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ "އަހަރެންގެ އެކަކުވެސް މި ދުނިޔޭގައި ނެތޭ" ސުޝާންތު ބުނި ކަމަށާއި އަދި އޭނާ ބޭނުންވީ ސިޓީގެ ދިރިއުޅުން ދޫކޮށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ކަމަށް ބުނެފަ އެވެ.

ސުޝާންތު ފަހުން ފަހުން ވަރަށް ހިތާމައިގައި އުޅުނު ދުވަސްކޮޅެއް ދިޔަކަން ފާހަގަކުރިޔަސް ރިއާގެ މައްޗަށް އޭނާ އެއްވެސް ތުހުމަތެއް ނުކުރެ އެވެ. އެކަމަކު ސުޝާންތުގެ ގޭގައި މަަސައްކަތް ކުރަމުން އައީ މީހުން ވެސް ވަނީ ސުޝާންތުގެ ދިރިއުުޅުން ބަދަލުވީ ރިއާއާއެކު ޔޫރަޕް ދަތުރެއް ގޮސްފައި އައިފަހުން ކަމަށް ބުނެފަ އެވެ. 

ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު، ރިއާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ. 

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. މިއީ ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ބައްޕަ ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. 

ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ. އެކަމަކު ރިއާ ދަނީ ތުހުމަތުތައް ދޮގުކޮށް ހަގީގަތް ހާމަވާނެ ކަމަށް ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް