ads
އީސީގެ މެމްބަރުން-- ފޮޓޯ: ޓްވިޓާ
ރައީސް ނަޝީދު ފޮތް ނެރުމަށް ބޭއްވި ހަރަކާތަކީ ސިޔާސީ ހަރަކާތެއްނޫން: ޝަރީފް
"ދެ ރަދުން" ފޮތް ނެރުމަށް ބޭއްވި ހަރަކާތާއިމެދު ފިޔަވަޅު އަޅާފައި ނުވަނީ އެއީ ސިޔާސީ ހަރަކާތެއް ކަމަށް ދެކެވަޑައި ނުގަންނަވާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބައެއް ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ދެއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތައް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމަކީ ސިޔާސީ ހަރަކާތެއް ކަމަށް ދެކަވަޑައި ނުގަންނަަވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ކަންބޮޑުވާނީ ސިޔާސީ ހަރަކާތެއްގައި ރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ހިލާފްވާކަމުގައި ވާނަމަކަމަށެވެ. އަދި އެ ކޮމިޝަނަށް ފިޔަވަޅު އަޅަން ބާރު ލިބެނީވެސް ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ. އަދި ރައީސް ނަޝީދު ހިންގި އެ ހަރަކާތަކީ އެފަދަ ހަރަކާތެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ

"އިލެކްޝަން ކޮމިޝަނަށް ބާރުލިބެނީ ފިޔަވަޅު އަޅަން ސިޔާސީ ހަރަކާތްތަކަށް. އެހެންވީމާ ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނޭ ސިޔާސީ ހަރަކާތެއް ހިގާކަމުގައި ވަންޏާ މިސާލަކަށް ބަލާކަމުގައި ވަންޏާ އަޅުގަނޑުމެންނަށް ތި ވިދާޅުވިހެން ފެނިގެން ދިޔަ ބައެއް މަންޒަރުތަކުން ރައީސް ނަޝީދު ނެރުއްވި ފޮތް، ބައެއް ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ނަންގަވަން އިށީނދެ ވަޑައިގެން އިންނެވި އިރުގައި ކައިރީގައި މީހަކު އައިސް ހުރި އެ މަންޒަރު، އެކަމަކު އެއީ ސިޔާސީ ހަރަކާތެއް ގޮތުގައި އަޅުގަނޑު ނުދެކެން،" ޝަރީފް ވިދާޅުވިއެވެ.

"ދެރަދުން" ފޮތް ނެރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި، ރައީސް ނަޝީދު މާސްކު ނާޅާއި، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންގައިވާ ގޮތަށް ތިން ފޫޓުގެ ދުރުމިން ބަހައްޓާފައި ނުވާއިރުވެސް، އެކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އިދިކޮޅުންނާއި، ބައެއް އާއްމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ހުސްވި އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ބޭއްވި ސައިކަލު ބުރާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔާފައިވަނިކޮށް ސައިކަލް ބުރުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން، ޕީޕީއެމް އަދި ޕީއެންސީ ވަނީ 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. 

ޝަރީފް ވިދާޅުވީ ވަކި ޕާޓީއެއް ވެގެން ތަފާތުކުރުން ނުގެންގުޅޭކަމަށާއި އެއްވެސް ޕާޓީއަކުން ގަވާއިދުތަކާއި ހިލާފްވާކަމުގައި ވާނަމަ ފިޔަވާޅު އަޅާނެކަމަށެވެ. އެކަން ސާބިތުކޮށްދެމުން ޝަރީފްވަނީ 2017 އިން ފެށިގެން އިލެކްޝަން ކޮމިޝަނާއި އެމަނިކުފާނު ހަވާލުވީ ހިސާބުން ފެށިގެން ޕާޓީތައް ޖޫރިމަނާ ކުރެވިފައިވާ ގޮތުގެ ތަފާސްހިސާބެއް ވެސް އަރުވާފައެވެ.

އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އެމްޑީޕީ ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި އެއީވެސް ސިޔާސީ ޕާޓީތަކުގެ ގަވާއިދުތަކާއި ގާނޫނާއި ހިލާފްވެގެން ކުރެވުނު ޖޫރިމަނާއެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި 2018 އާއި 2019 ވަނަ އަހަރު ޕީޕީއެމް ޖޫރިމަނާ ކުރެވިފައިވާއިރު 2018 އަދި 2019 ވަނަ އަހަރު ޑީއާރުޕީވެސް ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިތުރުން އެމްޓިޑީ ވެސް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ގާނޫނީ ފިޔަވަޅެއް އަޅާކަމުގައިވާނަމަ ފިޔަވަޅު އަޅާފައިވާނީ ގާނޫނުތަކާއި ހިލާފްވެގެން ކަމަށާއި އަދި ސާބިތް ކުރަން ޖެހިއްޖެނަމަ ސާބިތްވެސް ކުރެވޭނެ މިންވަރަށް ކަމުގައެވެ. ޝަރީފް ވިދާޅުވީ ވަކި ޕާޓީއެއް ތަފާތު ކޮށް ފިޔަވަޅު އަޅާފައި ނުވާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް