ads
އިޓަލީގެ ކޯސްޓުގާޑުން ރެފިއުޖީންނަށް އެހީވަނީ-- ފޮޓޯ: ރޮއިޓާޒް
ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހަކު ހެލިކޮޕްޓަރުގައި ވިހައިފި
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މާބަނޑު އަންހެނަކު ހޮސްޕިޓަލަށް ގެންދަނިކޮށް ހެލިކޮޕްޓަރުގައި ވިހައިފި އެވެ.

އެ އަންހެން މީހާއަކީ އިޓަލީއަށް ހިޖުރަކޮށްފައިވާ މީހުން ތިބޭ މަރުކަޒެއްގައި އުޅުނު މީހެކެވެ. އޭނާ ހެލިކޮޕްޓަރަށް ވިހެއި އެމެޖެންސީގައި ހޮސްޕިޓަލަށް ގެންދަނިކޮށެވެ. 

އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ވިހަން ބަނޑުގައި ރިއްސަން ފެށުމުން ހެދި ޓެސްޓުންނެވެ. އޭނާ އާއި ތުއްތު ދަރިފުޅު މިހާރު އޮތީ އިޓަލީގެ ޕަލޭމޯގައި ހުރި ހޮސްޕިޓަލެއްގަ އެވެ. 

މި އަހަރު އިޓަލީއަށް ހިޖުރަ ކުރި މީހުންގެ އަދަދު އިތުރުވެފައި ވާއިރު، މިއަދު ވެސް ރެފިއުޖީން ތިބި ބޯޓަކުން ވަނީ އެގައުމުގައި އެހީއަށް އެދިފަ އެވެ. 

މި އަހަރުގެ މިހާތަނަށް 19،400 ރެފިއުޖީން ވަނީ އިޓަލީއަށް އެތެރެވެފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެ އަދަދު ހުރީ 5،200 ގައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް