ads
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް---ފުޓޯ:ގަވް.އެމްވީ
ވިޔަފާރިތަކަށް އަލަށް ވަންނަ ކުދިންނަށް ހާއްސަ އެމާޖް އެކްސް މުބާރާތެއް ބާއްވަނީ
ޓެކްނޯލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް އަލަށް ވަންނަ ކުދިންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި "އެމާޖް އެކްސް" މުބާރާތެއް ބާއްވާ މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ އިން ބުނެފި އެވެ

މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" ދިވެހިރާއްޖޭގައި ހިންގުމަށްޓަކައި މިނިސްޓްރީ އާއި މައިކްރޯސޮފްޓް އާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންއިން ބުނީ ބުނީ މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް "ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް" އަކީ ޓެކްނޯލޮޖީގެ ދާއިރާގައި ވިޔަފާރިތަކަށް އަލަށް ވަންނަ ކުދިންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ސްޓާޓްއަޕްތައް ހޮވިގެންދާނީ މައިކްރޯސޮފްޓްއިން ބާއްވާ "އެމާޖް އެކްސް" މި މުބާރާތުގެ ތެރެއިންކަމަށް އެމިނިސްޓްރީން ބުނެއެވެ

މިނިސްޓްރީން ބުނީ "އެމާޖް އެކްސް" މި މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދާނެކަމަށާއި މީގެ ތެރެއިން އެންމެ ރަނގަޅު ވިޔަފާރިތަކަށް އަމިއްލަ ޓެކްނޯލޮޖީ ވިޔަފާރީގެ މައުލޫމާތު އިންވެސްޓަރުންނާއި ވެންޗާ ކެޕިޓަލިސްޓުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ

ހަމަ އެއާއިއެކު މީގެ ތެރެއިން އެންމެ ރަނގަޅު 3 ޓެކްނޯލޮޖީ ވިޔަފާރި އިންވެސްޓަރުންނާއި ވެންޗާ ކެޕިޓަލިސްޓުން ހޮވާނެކަމަށާއި "އެމާޖް އެކްސް" މި ޕްރޮގްރާމްގައި ބައިވެރިވާ ސްޓާޓްއަޕް ތަކަށް ދުނިޔޭގެ ފެންވަރުގެ ވާހަކަދެއްކުންތެރިން ބައިވެރިވާ ރީޖަނަލް އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެއް އަހަރުގެ މުއްދަތައް މެންޓޯޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ

މިނިސްޓްރީން ބުނީ އެ މެންޓޯޝިޕް ޕްރޮގްރާމުގެ ތެރެއިން އަމިއްލަ ޓެކްނޯލޮޖީ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ވެބިނާސް އަދި ވޯކްޝޮޕްސް މެދުވެރުކޮށް ފޯރުކޮށްދެވިގެންދާނެކަމަށެވެ. އެ މަސައްކަތަކީ ރާއްޖެއަކީ ރީޖަނަލް ޓެކްނޯލޮޖީ ހަބް އަކަށް ހެދުމަށްޓަކައި އަދި ރާއްޖޭގެ މި ދާއިރާގައި ހަރަކާތްތެރިވާ ކުދިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް އެމިނިސްޓްރީން ފާހަގަކުރެއެވެ

އެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ބައެއް މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާފައެވެ. މިގޮތުން މީގެ 15 އަހަރު ކުރީގައި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީގެ ނަމުގައި މިނިސްޓްރީއެއް އުފެދިގެން ދިޔަ ކަމާއި، އޭރު ރާއްޖެއަކީ ޓެކްނޯލޮޖީގެ ރޮނގުން އޭޝިއާ ސަރަހައްދަށް ބަލާއިރު ވަރަށް ކުރީ ސަފުގައި ހިމެނުނު ޤައުމެއް ކަމާއި، އެހެންނަމަވެސް މިނިސްޓްރީ އުވިގެންދިއުމާއި އެކު ދުވެލި ފަހަތައް ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިފަދައިން ކަންތައް ހިނގައިދިޔަ ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ ޓެކްނޯލޮޖީ ބޭނުންތައް އެންސީއައިޓީގެ އެއްބާރުލުމާއިއެކު ކުރިއަށްގެންދެވުނުކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ޓެކްނޯލޮޖީގެ ވަސީލަތްތައް ވަރަށް ގިނައިން އިންޕޯޓުކުރާ ޤައުމެއް ކަމާއި، ޓެކްނޯލޮޖީ އާއި ދޯޅު ވުމުގައި ޕްރައިވެޓް ސެކްޓާގެ މަސައްކަތްތައް މިގޮތުން ފާހަގަކޮށްލެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަމިއްލަ ވިޔަފާރި މަތީ ހަރުފަތަކަށް ގެންދަން ބޭނުންވާ ޒުވާން ހުނަރުވެރި ކުދިންވެސް އެބަތިބިކަމާއި، މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަނީ މި ޒުވާނުންގެ އުއްމީދުތައް ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދެވޭތޯކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މުސްތަގުބަލުގައި މައިކްރޯސޮފްޓް ފަދަ ބޮޑެތި އެހެން ޓެކްނޯލޮޖީ ކުންފުނިތަކާއި އެކުވެސް މިފަދަ މަސައްކަތް ކުރުމަށް މިނިސްޓްރީއިން ވިސްނަމުންދާކަމަށް ވިދާޅުވިއެވެ

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖޭގައި ވިޔަފާރިތައް ހުޅުވާ ޒުވާނުން އެ މީހުން އުފައްދާ ޓެކްނޯލޮޖީއަކީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރަން ހެދޭ އެއްޗެއްގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި، ރާއްޖެއާއި ރަހުމަތްތެރި އެހެނިހެން ގައުމުތަކަށްވެސް ބޭނުންކުރެވޭ ފަދަ ޓެކްނޯލޮޖީ ހައްލުތަކަށް ސަމާލުކަން ދޭން ޖެހޭ ކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވީ މިނިސްޓާ މުހައްމަދު މަލީހް ޖަމާލް، އާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝަރީފު އަދި އެމްއީއެންއޭ އާއި ސާކް، މައިކްރޯސޮފްޓް ސްޓާޓްއަޕްގެ ކަންޓްރީ ހެޑް ކަމަށްވާ ލަތިކާ ޕައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް