ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ---
މިވަގުތު ޓެސްޓު ކިޓު ހުރީ 4000 ޓެސްޓު ހެދޭ ވަރަށް
ރާއްޖޭގައި މިހާރު ބާކީ ހުރީ 4000 ޓެސްޓް ކިޓް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މިވަގުތު ކޮވިޑް19 އަށް ޓެސްޓު ކުރުމަށް މިވަގުތު ހުރީ 4000 ޓެސްޓު ކުރެވޭ ވަރަށް ކަމަށެވެ. އެއީ 4000 ޓެސްޓު ކިޓު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އިތުރު ޓެސްޓޫ ކިޓުތައް ގެނައުމާށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން މާދަމާ އިތުރު ޓެސްޓު ކިޓު ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިމަހުގެ 5 ވަނަ ދުވަހު 60،000 ޓެސްޓު ކިޓު ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެއީ ޗައިނާ އިން ދޭ 40،000 ޓެސްޓު ކިޓާ އެމެރިކާއިން ދޭ 20،000 ޓެސްޓު ކިޓު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ 12000ޖީން އެކްސްޕާޓް ކާޓްރިޖް މިވަގުތު އެބަހުރި ކަމަށެވެ.އަދި  ޖީން އެކސްޕާޓް މެޝިންތައް މިވަގުތު ހުރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައާއި ރ އުނގޫފާރު ހޮސްޕިޓަލްގައާއި ބ އޭދަފުށީ ހޮސްޕިޓަލްގައާއި ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ލ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިހާތަނަށް 115727 (އެއްލައްކަ ފަނަރަހާސް ހަތް ސަތޭކަ ހަތާވީސް) ސާމްޕަލް ޓޭސްޓު ކުރެވިފައި ވާކަމަށާ އޭގެ ތެރެއިން 1140 މީހުން ވަނީ ޕޮޒިޓިވްވެފައި ކަމަށެވެ. އަދި ޕެންޑީން 296 ސާމްޕަލް އެބަހުރި ކަމަށާ މިއަދު 1546 ސާމްޕަލް ނެގުނު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ޓެސްޓް ކުރުމުގައި އެއްވެސް ދައްޗެއް ނެތި އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. 

ނަޒްލާ ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު ދުނިޔޭގައި ވެސް ޓެސްޓް ކިޓްތަކަށް ޑިމާންޑް ބޮޑު ކަމަށާއި އެހެންކަމުން އެތަކެތި ލިބެނީ ވަރަށް ލިމިޓެޑްކޮށް ކަމަށް ނަޒްލާ މީގެ ކުރިން ވިދާޅު ވެފައިވެއެވެ. އަދި އެތަކެތި އެއްވެސް ދައްޗެއް ނެތި ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހަލުވި ކަމާއިއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު މިއަދުވެސް ވަނީ 137 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައިވެސް ގިނައަދަދެއްގެ ދިވެހިން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް