ads
ސައިފް އާއި ކަރީނާ--
ސައިފްއަކީ އެންމެ "ހޭންޑްސަމް ޑެވިލް": ކަރީނާ
ކަރީނާ ކަޕޫރަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން ސޯޝަލް މީޑިއާގެ ވަރަށް އެކްޓިވް ފަންނާނެކެވެ. އޭނާ ދާފި ފަހުން ވަނީ ފިރިމީހާ އަދި އެކްޓަރު ސައިފު އަލީ ހާނަކީ އެންމެ "ހޭންޑްސަމް ޑެވިލް" ކަމަށް ބުނެފަ އެވެ.

ސައިފުގެ ކުރިއަށް އޮތް ފިލްމު "އަދިޕުރުޝް" ގެ ޕޯސްޓަރު ޝެއާ ކުރަމުން ކަރީނާ ބުނެފައި ވަނީ އޭނާގެ ފިރިމީހާ އަކީ "ތާރީހުގައި ވެސް އެންމެ ހޭންޑްސަމް ޑެވިލް" ކަމަށެވެ. 

ޕްރަބާސް އާއެކު "އަދިޕުރުޝް" ގައި ސައިފް އުޅޭނެކަން އިއުލާނު ކުރީ މިއަދު ހެނދުނެވެ. ސައިފް އަކީ އެއްވެސް ސޯޝަލް މީޑިއާއެއްގައި އުޅޭ ފަންނާނެން ނޫނެވެ. 

މި ފިލްމު ވެގެން ދަނީ އޯމް ރައުތް އާއި ބުޝަން ކުމާރާއެކު ސައިފް ކުޅޭ ދެވަނަ ފިލްމަށެވެ. މީގެ ކުރިން އެ ދެ މީހުންނާއެކު އޭނާ ވަނީ "ތަންހާޖީ: ދަ އަންސަންގް ވޮރިއާ" ވެސް ނެރެފަ އެވެ. 

"އަދިޕުރުޝް" ޝޫޓު ކުރާނީ ހިންދީ އާއި ތެލޫގޫ، މި ދެ ބަހުންނެވެ. އޭގެ އިތުރުނ ތަމަޅަ، މަޅަޔާލަމް އަދި ކަންނާޑާ ބަހުން މި ފިލްމު ޑަބް ވެސް ކުރާނެ އެވެ. 

ޕްރީ ޕްރޮޑަކްޝަން ސްޓޭޖުގައި އޮތް މި ފިލްމުގެ ޝޫޓިން 2021 ގައި ކުރިއަށް ގެންގޮސް، 2022 ވަނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް