ads
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްޒީ ނަވަލްނީ-- ފޮޓޯ: ރޮއިޓާޒް
ރަޝިއާގެ އިދިކޮޅު ލީޑަރަށް ދީފައި ވަނީ ނޮވިޗޮކް ނާވް އޭޖެންޓު
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްޒީ ނަވަލްނީއަށް ވަނީ ނާވް އޭޖަންޓު ނޮވިޗޮކް ދީފައި ކަމަށް ޖަރުމަނުން ބުނެފި އެވެ.

ޗާންސެލާ އެންޖެލާ މާކަލް ވިދާޅުވީ ނަވަލްނީއަކީ ބަޔަކު މަރާލަން މަސައްކަތް ކުރި މީހެއް ކަމަށާއި، ރަޝިއާއިން ޖަވާބެއް ދޭން ޖެހޭ ކަމަށެވެ. 

ނަވަލްނީ ބަލިވެގެން ޖަރުމަނަށް ގެންގޮސްފައި ވަނީ ފްލައިޓެއްގައި ދަތުރު ކުރަނިކޮށެވެ. މިދިޔަ މަހުން ފެށިގެން އޭނާ އޮތީ ކޯމާއެއްގަ އެވެ. 

އޭނާގެ ޓީމުން ތުހުމަތު ކުރާ ގޮތުގައި ޒަހަރުދީފައި ވަނީ ރައީސް ލެޑިމިއަ ޕޫޓިންގެ އެންގުމަށެވެ. އެކަމަކު ރަޝިއާ ސަރުކާރުން އެކަން ދޮގުކުރެ އެވެ. 

ރަޝިއާގެ ކުރީގެ ޖާސޫސް ސާގެއި ސްކްރިޕާލް އާއި އޭނާގެ ދަރިފުޅަށް ވެސް މީގެ ކުރިން ނޮވިޗޮކް ދީފަި ވެއެވެ. އެމީހުން ސަލާމަތްވި ނަމަވެސް އޭގެ އަސަރު ކުރި އިނގިރޭސި އަންހެނަކު އެ ފަހަރު މަރުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް