ads
ޑޯނީ ވެން ޑަ ބީކް
އަޔަކްސްގެ ވެން ޑަ ބީކް ޔުނައިޓެޑަށް
ހޮލެންޑުގެ އަޔަކްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ. މިއާއި އެކު ވެން ޑަ ބީކް ވެގެން ގޮސްފައިވަނީ އައު ސީޒަނަށް ޔުނައިޓެޑަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް، އަޔަކްސްއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ 35 މިލިޔަން ޕައުންޑަށެވެ. ވެން ޑަ ބީކްއާ ޔުނައިޓެޑާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ.

ހޮލެންޑުގެ އަޔަކްސް ޔޫތު ޓީމުން ކެރިއަރު ފަށައި 2015 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ވެން ޑަ ބީކް އަކީ އަޔަކްސްގެ މުހިއްމު ކުޅުންތެރިއެކެވެ. 

ދެހާސް އަށާރަ ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީން އަޔަކަސް ޖާގަ ހޯދިއިރުވެސް އޭނާވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާވަނީ އަޔަކްސްއަށް 175 މެޗު ކުޅެދީ 41 ލަނޑު ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް