11316
CONFIRMED

DEATHS
10284
RECOVERED
🌏41,171,337
INFECTED
🌏28,040,056
RECOVERED
🌏1,130,606
DEATH
🌏68%
RECOVERY RATE
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ރަޝިއާ ފްލައިޓުތަކާއެކު ރާއްޖޭގެ އިގްތިސޯދު އަލުން ދިރުވޭނެ: މިނިސްޓަރު ޝާހިދު
Share
ރަޝިއާ އާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް އަލުން ފަށަން ނިންމި ނިންމުމަކީ ރާއްޖޭގެ އިގްތިސޯދު އަލުން ދިރުވަން އެހީވެދޭނެ ނިންމުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގީ ލެވްރޯވް އާއި ރަޝިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ. 

އެ ނިންމުމަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ނިންމުމެއް ކަމަށާއި، ރާއްޖޭގެ އިގްތިސޯދު އަލުން ހަމަޔަކަށް އެޅުވުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ނިންމުމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ރަޝިއާގެ ބޮޑު ވަޒީރު މިކައިލް މިޝުސްތިން ވަނީ ރާއްޖެއަށް ވައިގެ ދަތުރުތައް އަލުން ފެށުމުގެ ހުއްދަ ދީ، އެކަމުގެ ލިޔުމުގައި ސޮއިކުރައްވާފަ އެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދެ ދަތުރު ކުރާނެ ކަމަށް ރަޝިއާ ސަރުކާރުން އާއްމުކުރި ބަޔާނެއްގައި ވެއެވެ.

ރާއްޖޭގެ އިތުރުން ޑުބާއީ އަދި މިސްރަށް ވެސް ދަތުރުތައް ފަށަން ވަނީ ހުއްދަ ދީފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މި ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ވަނީ ކޮވިޑް-19 ގެ ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށެވެ. 

ރަޝިއާއިން ކުރާ ބައިނަލްއަގްވާމީ ދަތުރުތަކަށް ބުރޫ އަރާފައި ވަނީ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ބާއްވާފައި ވަނީ ހަމައެކަނި ރިޕެޓްރިއޭޝަން ފްލައިޓުތަކެވެ. 

ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަ ދީފައި ވާއިރު، މިދިޔަ މަހު ވަނީ އިނގިރޭސިވިލާތް، ޓެންޒޭނިއާ، ތުރުކީ އަދި ސްވިޒަލޭންޑަށް ވެސް ދަތުރު ފަށާފަ އެވެ. 

ރަޝިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މާކެޓެކެވެ. ދަތުރުތައް އަލުން ފެށުމުން ބަލިކަށިވެފައިވާ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް