ads
ރައްޔިތުންގެ މަޖިލިސް--
މައުސޫމަށް ރުހުންދިނުމާއި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން އާދީއްތަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާއެއް އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާއިރު އެ ޖަލްސާއަށް ވަނީ މުހިންމު ކަންތައްތަކެއް އެޖެންޑާ ކޮށްފައެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަވަނީ އެދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. 

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީއަށް ހުށަހެޅުއްވި ދެ ބޭފުޅުން ކަމުގައިވާ ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒު އަލީ ރަޝީދު ހުސައިން އައްޔަނުކުރުމާއި މެދުވެސް މަޖިލީހުން ގޮތެއް ނިންމުމަށް އެޖެންޑާކޮށްފައިވެ އެވެ. 

ޖުމުލަ 15 ކަމަކަށް ވޯޓަށް އެހުމަށް އާދީއްތަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާއިރު އޭގެތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މެމްބަރުން އައްޔަނު ކުރުމަށް ރުހުން ދިނުމާއި، ތައުލީމްގެ ބިލަށްވެސް ވޯޓަށް އެހުން ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް