ads
ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ ކުރީގެ ރައީސްގެ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރު ޝާހިދު ސޮއިކޮށްފި
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހަރާވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި-ކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކޮށްފި އެވެ.

ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރު ޝާހިދު ލިޔުއްވި މެސެޖްގައި، އިންޑިއާގެ ކުރީގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. 

އަދި އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް އިންޑިއާގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މިނިސްޓަރު ޝާހިދުވެސް ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ކަމާއި އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އުފާ ލިބިވަޑައިގެންނެވިކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެފައިވަނީ ވިޑް-19 އަށް ޕޮޒިޓިްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށެވެ. ސިކުނޑީގެ ސާޖަރީއެއް ހަދާފައިވަނިކޮށް ކޮވިޑް ޖެހިގެން ޕްރަނާބްއަށް ފަރުވާދޭން ފެއްޓެވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ.  

ޕްރަނާބް މުކަރުޖީ އިންޑިއާގެ ރައީސް ކަން ކުރައްވާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް