ads
ނަމަލް ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވަނީ --
ނަމާލްގެ ދިވެހި ޓްވީޓެއް: ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެގައުމު
ދިވެހި ރާއްޖެ އާއި ސްރީލަންކާއަކީ ގާތް އެކުވެރި ދެ ގައުމުކަމަށް ލަންކާގެ ބޮޑުވަޒީރު، މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ޔޫތު މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ، ނަމާލް މިއަދު ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރިީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުއާ ބައްދަލުކޮށް ދެ ގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެ ގައުމު ކަމަށް ވެސް ވިދާޅުވި އެވެ. 

ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަމުގެ ހުވާ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ނަމާލް ކުރެއްވިއިރު އެ ދުވަހު އޭނާއަށް މަރުހަބާ ކިޔާ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓުގައި ވަނީ ސަރަހައްދުގެ ކުޅިވަރު ތަރައްގީކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ. 

އެ ޓްވީޓާއަށް ދެއްވި ޖަވާބުގައި ނަމާލް ވަނީ ވަނީ އެ މަސައްކަތް އެކުގައި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް