ads
އެ ވާޗުއަލް މީޓިންގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ--
ކޮވިޑާއެކު ގެވެށި އަނިޔާ އިތުރުވާތީ ގައުމުތަކުން މަޝްވަރާ ބައްދަލުވުމެއް
ކޮވިޑް-19 ގެ ސަބަބުން ގައުމުތައް ލޮކްޑައުންއަކަށް ދިއުމާއެކު ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުން އިތުރުވަމުންދާތީ ގައުމުތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

"ވާޗުއަލް މީޓިން އޮފް ކޮމަންވެލްތު މިނިސްޓާސް ފޯ ވިމެންސް އެފެއާޒް އެންޑް ޖެންޑާ އެންޑް ޑެވެލޮޕްމަންޓް އޮން ކޮވިޑް-19" ގައި ރާއްޖޭގެ ފަރާތުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ މިއަދު ބައިވެރިވެވަޑައިގެންފަ އެވެ. 

ޖެންޑާ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ މަގްސަދަކީ ކޮވިޑް-19 ގެ ސަބަބުން އިއުލާންކުރި ލޮކްޑައުންއާއެކު ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުން އިތުރުވަމުން ދިއުމާއި، މި ހައްސާސް ވަގުތުގައި އެކި ފަރާތްތައް ތަހައްމުލު ކުރަމުންދާ އިޖުތިމާއީ އަދި އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކޮށް، ދޭދޭ ގައުމުތަކުގެ މެދުގައި ހިޔާލު ބަދަލުކުރުން ކަމަށެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން ކެންޔާ، ބާބަޑޯސް، ސްޕެއިން، ސައުތު އެފްރިކާ، ބަންގްލަދޭޝް، ރުވާންޑާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެމެރޫން، ސީޝެލްސް، ނައިޖީރިއާ، ގްރެނާޑާ، ޖެމެއިކާ، ގަޔާނާ، ކެނެޑާ، ބަހާމަސްގެ ހައި ލެވެލް މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން އެ ބައްދަލުވުމުގައި ގެވެށި އަނިޔާއާއި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން ރާއްޖޭގެ މިނިސްޓަރު ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އޭގެ އިތުރުން ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތައް، ވަކިން ހާއްސަ ގޮތެއްގައި އަންހެނުންނަށާއި ކުޑަކުދިންނަށް އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމާއި، އިޖުތިމާއީގޮތުން މުޅި މުޖުތަމައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެކަށައަޅަމުން ގެންދާ ސިޔާސަތުތަކާއި ކުރަމުންގެންދާ މަސައްކަތްތައް ވެސް ހިއްސާކުރެއްވި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް