ads
ވެންޑަސާވަނީ ޔުނައިޓެޑުގައި އެތައް ކާމިޔާބެއް ހޯދާފައި
ވެންޑަ ސާގެ އަސަރު ގަދަ ސިޓީއެއް ޔުނައިޓެޑްގެ ސަޕޯޓަރުންނަށް
އަޔަކްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާއި ގުޅިގެން، އަޔަކްސްގެ ސީއީއޯ، އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ އެއްވަނަ ގޯލް ކީޕަރު އެޑްވިން ވެންޑަ ސާ، މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އަސަރު ގަދަ ސިޓީއެއް ފޮނުވައިފިއެވެ.

އެޑްވިން ވެންޑަސާ އަކީ، 2016 ވަނަ އަހަރުން ފެށިގެން އަޔަކްސްގެ ސީއީއޯއެވެ. ވެންޑަސާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަ ކުރި މުއްދަތުގައި އެތައް ކާމިޔާބީއެއް ހޯދައި، ކްލަބުގެ ސަޕޯޓަރުންގެ ލޯބި ފުރިހަމައަށް ހޯދާފައެވެ. ވެންޑަ ސާ ސޮއިކޮށް، ޓްވީޓާ މެދުވެރިކޮށް ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ފޮނުވާފައިވާ ސިޓީގެ ހުލާސާ ތަރުޖަމާއެއް ހިއްސާކޮށްލާނަމެވެ.

އެންމެ ގާތް މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެންމެންގެ ހާލުވެސް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަމެވެ.

އަނެއްކާވެސް އަހަރުމެން ބައްދަލުވީއެވެ. އަހަރެންގެ ޓީމުގެ މުހިއްމު ކުޅުންތެރިޔަކު މެންޗެސްޓާ ޔުނައިޓެޑާ ކުރިއަށް އޮތް ސީޒަނުގައި ގުޅެނީއެވެ. އަހަރުމެންގެ ވަރަށް ގިނަ ކުޅުންތެރިންނެކޭ އެއް ގޮތަށް އޭނާއަކީވެސް އެންމެ ކުޑަ އިރުން ފެށިގެން މި ކްލަބާއި އެކު ހުރި މި ކްލަބުގެ ކުޅުންތެރިޔެކެވެ.

އޭނާގެ ފުރަތަމަ މެޗާއި އެކުވެސް އޭނާއަކީ މި ކްލަބުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށް ވިއެވެ. އަދި ވަކިން ޚާއްސަކޮށް މި ދިޔަ އަހަރުތަކުގެ ތެރޭގައި އޭނާގެ ވިދުން ގަދައެވެ. ޔޫރޮޕާއި ލީގުގެ ފައިނަލާއި (ހިތް ބުރަކަމެއް ނެތެވެ)، ޗެމްޕިއަންސް ލީގުގެ މެޗުތައް އަދި ޑަޗް ޗެމްޕިއަންޝިޕު ކާމިޔާބު ކުރުމުގައެވެ. އަޔަކްސްއަކީ ކޮން ބައެއްކަން އޭނާ މި ޓީމުގައި ހުރެ މުޅި ދުނިޔެއަށް ދައްކައިދިނެވެ.

މެންޗެސްޓާ ޔުނައިޓެޑެކޭ އެއް ގޮތަށް، އަހަރުމެންގެވެސް އެންމެ ބޮޑު ފަހުރަކީ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނެވެ. 

މެންޗެސްޓާގެ އާ ތަރިއަކީ ފަޚުރަކަށްވާނެއެވެ. އަދި އެއީ އޭނާ މި ކްލަބު ދޫކޮށްދާން އަހަރުމެން ބޭނުންނުވާ އެތައް ސަބަބެއްގެ ތެރެއިން ސަބަބެކެވެ. އެކަމަކު އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާ ދާން ޖެހޭނެ ކަން އަހަރުމެން ގަބޫލުކުރަމެވެ. އަދި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މެންޗެސްޓާ ޔުނައިޓޭޑަށްވުރެ ވަކި ރަނގަޅު ތަނެއް ނޯންނާނެއެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. އަހަރެން މިހެން މި ބުނަނީ އަހަރެންނަށް އެކަން ރަނގަޅަށް އެނގޭތީއެވެ.

ޑޮނީ ރަނގަޅަށް ބަލައިދެއްޗެވެ. އަދި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްޗެވެ.

އެޑްވިން ވެންޑަ ސާ

ސީއީއޯ، އަޔަކްސް

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް، އަޔަކްސްއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ 35 މިލިޔަން ޕައުންޑަށެވެ. ވެން ޑަ ބީކްއާ ޔުނައިޓެޑާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ.

your imageޑޯނީ ވެން ޑަ ބީކް 

ހޮލެންޑުގެ އަޔަކްސް ޔޫތު ޓީމުން ކެރިއަރު ފަށައި 2015 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ވެން ޑަ ބީކް އަކީ އަޔަކްސްގެ މުހިއްމު ކުޅުންތެރިއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް