ads
ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއ ހިނގާފައި--- ފޮޓޯ: އަވަސް
މީހުން އުޅޭ ސަރަހައްދުގައި ތެޔޮ ގެންގުޅޭނަމަ ފިޔަވަޅު އަޅަނީ
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ތެޔޮ ރައްކާކުރުމަކީ މަނާކަމެއްކަމުން އެގޮތަށް އެކަންކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތްކުރުމުގެ ގޮތުން ޑިފެންސް މިނިސްޓްރީން 12 އޮގަސްޓް 2012 ގައި ގެޒެޓްކުރި "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާއި ބެހޭ ގަވާއިދު،" ގެ ދަށުން ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައިކޮށްދިނުމަކީ މަނާކަމެއް ކަމަށެވެ. 

އަދި އެ ގަވާއިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީ ވެސް މަނާ ކަމެއް ކަމަށް ސިޓީ ކައުންސިލުގެ ތިން ވަނަ ދައުރުގެ 105 ވަނަ ރަސްމީ އާންމު ޖަލްސާ އިން ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ. 

ސިޓީ ކައުންސިލުން ވަނީ އެ އެންގުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. 

އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ތެޔޮ ގެންގުޅުމުގެ ސަބަބުން މީގެ ކުރިން ވެސް ބޮޑެތި ގެއްލުންތައް އާންމުންގެ މުދަލަށްވެފައި އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް