11232
CONFIRMED

DEATHS
10200
RECOVERED
🌏40,348,737
INFECTED
🌏27,628,198
RECOVERED
🌏1,117,572
DEATH
🌏68%
RECOVERY RATE
ފޮޓޯ: ޓްވިޓާ/ރައީސް ސޯލިހް
ހުސައިންއަކީ ދަތި ވަގުތުތަކުގައިވެސް ހެޔޮ މަޝްވަރާ ދެއްވި އެކުވެރިއެއް: ރައީސް
Share
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ނިޔާވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުވައިފި އެވެ.
Advertisement

ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މެމްބަރު ހުސައިން ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ. އަދި ހުސައިން އަކީ ގައުމަށް އެކު ދާއިރާތަކުން ހިދުމަތްކުރެއްވި ގާތް ރަހުމަތްތެރިއެއް ކަމަށް ވެސް ރައީސްގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެ އެވެ. 

"ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް." ރައީސްގެ ޓްވީޓްގައިވެ އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން  ހުންނެވި އުމުރުން 71 އަހަރުގެ ހުސައިން މުހައްމަދު އަހަވާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ހުސައިން މުހައްމަދު ވަނީ މީޑިއާ ގަ އާއި ތައުލީމީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. 

ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ. އަދި މަތިވެރި ދާއިރާގެ މެމްބަރުކަން 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް