ads
ފޮޓޯ: ފޭސްބުކް / އަލީ ސޯލިހް
ގެއްލިގެން ދިޔައީ ވަފާތެރި ހިދުމަތްތެރި އެއް: ޤާސިމް
ގެއްލިގެން ދިޔައީ ގައުމަށާއި، ޖުމްހޫރީ ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ވަފާތެރި ހިދުމަތްތެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވާރަވުމާއި ގުޅިގެން ފޮނުވި ތައުޒިޔާގެ މެސެޖުގައެވެ. 

އެގޮތުން ފޮނުވާފައިވާ ތައުޒިޔާގެ މެސެޖުގައި ޤާސިމް ވިދާޅުވެފައިވަނީ ޖޭޕީގެ ކައުންސިލް މެމްބަރު ހުސައިން މުހައްމަދު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާއި އެކު ކަމަށެވެ. އަދި އެމަނިކުފާނަކީ ޖޭޕީ އަށް ވަރަށް އިހްލާސްތެރި އަދި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމި ހުރި ބޭފުޅެއްކަމަށެވެ. 

"ކައުންސިލްގައި ކުރެވޭ މުހިންމު ބަހުސްތަކުގައި ހަމަ ހިފަހައްޓަވާދެއްވާ، ވަރަށް ނާޒުކު ދަނޑިވަޅުތަކުގައި ހިޔާލްތަފާތުވުންތައް ހަމައަކަށް އަޅުއްވައިދެއްވާ ހުރިހާ ބޭފުޅުންނާވެސް ގުޅޭ ވަރަށް ސާބިތު އިތުބާރު ހިފޭ ބޭފުޅެކެވެ." ތައުޒިޔާގެ މެސެޖުގައި ވެއެވެ.

ތައުޒިޔާގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ މެމްބަރު ހުސައިން އަވަހާރަވުމަކީ ޖޭޕީގެ ކައުންސިލަށް ލިބުނު ފޫނުބެއްދޭވަރުގެ ފަޅުކަމެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް