ads
ސައުދިއަރަބިއްޔާ--
ސައުދީން ކޮވިޑް19 އަށް މިއަދު 800 އަށްވުރެއް ގިނަ މީހުން ޕޮޒިޓިވް
ސައުދިއަރަބިއްޔާއިން މިއަދު 800 އަށްވުރެއް ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސައުދީ ގެޒެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު އެގައުމުން ވަނީ ކޮވިޑް19 އަށް އިތުރު 822 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި 1099 މީހަކު މިއަދު ބަލިން ރަނގަޅުވި ކަމަށް އެ ގައުމުގައި ރިޕޯޓްކޮށްފައިވާއިރު މިއަދު 33 މީހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. 

ސައުދީ އިން މިހާތަނަށް ޖުމުލަ 319,141 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން 295,036 މީހަކު ބަލިން ރަނގަޅުވި ކަމަށް ރިޕޯޓްކޮށްފައިވާ އިރު ޖުމުލަ 4,015 މީހަކު ވަނީ ކޮވިޑް19 ގައި މަރުވެފައެވެ. 

މިހާތަނަށް ދުނިޔެއިން 26 މިލިއަން މީހަކަށް ކޮވިޑް19 ޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އޭގެތެރެއިން 17.5 މިލިއަން މީހުން ބަލިން ރަނގަޅުވެފައިވާއިރު އަށްލައްކަ އަށްވުރެއް ގިނަ މީހުން ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް