ads
މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރަންބޭނުމީ އިންޑިއާ އާއި އެކު: ރައީސް ނަޝީދު
މޫސުމީ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި މަސައްކަތް ކުރަން ބޭނުންވަނީ އިންޑިއާ އާއެކުކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އާ ފޮތް "ދަ އިންޑިއާ ވޭ" ނެރުމާއި ގުޅޭގޮތުން ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ. 

މި ފޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކަކީ ވަރަށް ބޮޑަށް ބަލައިގަންނަ ސިޔާސަތުތަކެއް ކަމަށެވެ. އަދި ރާއްޖެއިން ވެސް ބޭނުންވަނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާއާއި އެކު މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބޮޑު ގައުމެއްގެ ގޮތުން އިންޑިއާ ރާއްޖެއާއި އެކު އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. 

އަދި ރައީސް ނަޝީދު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ އިތުރުން އިންޑިއާ ކަނޑުގައި އޮތް އަނެއް ދެ ބޮޑު މައްސަލައަކީ ދީނީ ހަރުކަށި ފިކުރުގެ މައްސަލައާއި ޗައިނާގެ ދަރަނީގެ ދަންތުރަ ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ އެކަންކަމަށް އިންޑިއާއިން ކުރިއަށް އޮތްތަނުގައި އަޅުއްވާނޭ ފިޔަވަޅަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް