ads
މެސީގެ ނިންމުން ބަދަލުކޮށް އަދި އެއް ސީޒަން މަޑުކުރާނެ--
މެސީ އުނބަށް ޖަހައިފި!
ހުސް އަތާ ސީޒަން ނިންމާލަން ޖެހުމަށް ފަހު، ބޮޑާހާކާ، ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބުނެ ކްލަބަށް ހުށަހެޅުމަށް ފަހު، މެސީ، އަލުން ނިންމުން ބަދަލުކޮށް ބާސެލޯނާގައި މަޑު ކުރަން ނިންމައިފިއެވެ. މެސީގެ ނިންމުން އޭނާ ހާމަކުރީ ގޯލްޑޮޓްކޮމްއަށް ދިން އިންޓަވިޔުއެއްގައެވެ.

މީގެ އެންމެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައީ، މެސީ ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން ކްލަބަށް އެންގި ހަބަރެވެ. އޮގަސްޓް ފަހު ހަފުތާ ތެރޭ މެސީގެ މި ނިންމުމާއި އެކު އޭނާ ހުށަހެޅީވެސް ހިލޭ ޓްރާންސްފައެއްގައި ކްލަބު ބަދަލު ކުރާށެވެ. އެހެންނަމަވެސް ބާސާއަކަށް އެ ގޮތެއް ކަމަކު ނުދިޔައެވެ. 

ކޮންޓްރެކްޓްގައި އޮތް މާއްދާއަކާ މެދު މެސީއާ ބާސެލޯނާއާ ދެމެދު ނުތަނަވަސްކަމެއް އުފެދުނު އިރު، މެސީ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު މެންޗެސްޓަ ސިޓީއިން ތިބީ މެސީއަށް ބަލަބަލައެވެ. އެހެންނަމަވެސް ހަތް ސަތޭކަ މިލިއަން ޔޫރޯގެ ޓްރާންސްފަ ފީއަކާއި އެކު މެސީގެ ކްލަބު ބަދަލު ކުރުމުގެ ކަންތައް އަނެއްކާވެސް ފަނުފުލުން ދިޔައީއެވެ.

ގޯލްޑޮޓްކޮމްއާ ވާހަކަ ދައްކަމުން މެސީ ބުނީ އަންނަ ސީޒަންގެ ނިޔަލަށް ބާސެލޯނާގައި މަޑު ކުރާނެ ކަމަށެވެ. މި ގޮތަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް މެސީ ބުނީ ކޮންޓްރެކްޓްގެ މާއްދާއަކާ މެދު އުފެދުނު ނުތަނަވަސްކަމެއްގައި ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވުމުވެ.  

އައު ސީޒަނަށް ބާސެލޯނާއިން މިހާރު ޕްރެކްޓިސް ފަށާފައިވާއިރު، މެސީ އަދި ޕްރެކްޓިހުގައި ބައިވެރިނުވެއެވެ. އެހެންނަމަވެސް ހުކުރު ދުވަހުގެ ރޭ ގޯލްޑޮޓްކޮމްއިން އާއްމު ކުރި މެސީގެ އިންޓަވިޔުއާއި އެކު އިސާހިތަކު މެސީ ޕްރެކްޓިހަށް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް