ads
ރަޝިއާގެ ކޮރޯނާވައިރަސް ވެކްސިން-- ފޮޓޯ: ރޮއިޓާޒް
ރަޝިއާގެ ވެކްސިން ކާމިޔާބު: ރިޕޯޓު
ރަޝިއާގެ ކޮރޯނާވައިރަސް ވެކްސިން ކާމިޔާބު ކަމަށް އެ ވެކްސިނާ ގުޅޭ ގޮތުން ޝާއިއު ކުރި ފުރަތަމަ ރިޕޯޓުގައި ބުނެފި އެވެ.

އެ ރިޕޯޓު ޝާއިއު ކުރީ ރަޝިއާގެ ސައިންޓިސްޓުންނެވެ. އެ ވެކްސިނުން އެދެވޭ "އިމުއިން ރެސްޕޯންސް" ހަށިގަނޑުގައި އުފެދޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ. 

މެޑިކަލް ޖާނަލް ލޭންސެޓްގައިވާ ރިޕޯޓުގައި ބުނެފައި ވަނީ ވެކްސިން ދިން އެންމެންގެ ހަށިގަނޑުގައި ވެސް ދައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާނެ އެންޓިބޮޑީޒް އުފެދުނު ކަމަށެވެ. 

އަދި އެއްވެސް ބައިވެރިއެއްގެ ގައިން ސީރިއަސް ސައިޑް އިފެކްޓެސް ނުފެނެ އެވެ. ރަޝިއާގައި އެ ވެކްސިން ދިނުމުގެ ހުއްދަ ދިނީ އޯގަސްޓުގަ އެވެ. 

އެ ހުއްދަ ދިނީ ވެކްސިން ދިނުމުން ވާ ގޮތް އިންސާނުންގެ މެދުގައި ޓެސްޓުކޮށްފައެއް ނޫނެވެ. ވެކްސިން ރަނގަޅަށް ޓެސްޓު ނުކުރާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

އެކަމަކު ވެކްސިން ދިނުމަށް ފަހު މި އައި ނަތީޖާއަކީ އެމީހުންނަށް އެންމެ ރަނގަޅު ރައްދު ކަމުގައި ރަޝިއާއިން ވަނީ ބުނެފަ އެވެ. 

މިދިޔަ މަހު ރައީސް ލެޑިމިއަ ޕޫޓިން ވިދާޅުވީ އެ ވެކްސިނަށް ހުއްދަ ދިނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި، ޕޫޓިންގެ ދަރިކަނބަލަކަށް ވެސް ވެކްސިން ދީފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް