ads
ދޮންދީނި--
އައްޑޫގެ ދޮންދީނި އާބާދީ ބަލަން ސާވޭއެއް ކުރަނީ
އައްޑޫ ސިޓީގެ ދޮންދީނީގެ އާބާދީ ބެލުމަށް ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނީ އައްޑޫގެ ދޮންދީނީގެ އާބާދީ ބެލުމަށް ކުރިއަށް ގެންދާ ސިޓިޒަން ސައިންސް ސާވޭގައި ބައިވެރިވުމަށް އޮންލައިން ފޯމެއް ފުރިހަމަ ކުރަން ޖެހެ އެވެ. އެގޮތުން އެ ސާވޭގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އީޕީއޭގެ މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. 

އެ ސާވޭ ކުރިއަށް ގެންދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ.

ސާވޭ ކުރިއަށް ގެންދަނީ އީޕީއޭ އާއި އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން އައްޑޫ ނޭޗާ ޕާކު ގުޅިގެންނެވެ.

އައްޑޫ ސިޓީގެ ދޮންދީނީގެ އާބާދީ ދެނެގަތުމަށް ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ދޮންދީންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. 

ފުރަތަމަ ފަހަރަށް އެ ދޯނީގެ އާބާދީ ބެލުމަށް އައްޑޫގައި ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ރާއްޖޭގައި ދޮންދީނި އުޅެނީ ވެސް ހަމައެކަނި އެ ސަރަހައްދުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް