ads
ކަރީނާ އާއި ސައިފް ތައިމޫރާއެކު--
ތައިމޫރާ މެދު ކަރީނާގެ އުއްމީދުތައް ހާމަކޮށްފި
ތައިމޫރަކީ "ސްޓާ ކިޑް" އަކަށް ވުމަކީ ކުރިމަގުގައި އޭނާ ކާމިޔާބުވާނެ ކަމުގެ ހެއްކެއް ނޫން ކަމަށް ކަރީނާ ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ވަނީ ބޮލީވުޑުގައި އޮތް "ނެޕޮޓިޒަމް" އާ ބެހޭ ގޮތުން ވާހަކަދައްކާފަ އެވެ. 

އޭނާ ބުނީ މި ވަގުތު އިންޑިއާގައި އެންމެ ގިނަ މީހުންގެ އަމާޒު ހުރީ އޭނާގެ ދަރިފުޅު ތައިމޫރަށް ކަމަށެވެ. އެކަމަކު އެއީ ތައިމޫރު ބޮޑުވެގެން ކާމިޔާބު ތަރިއަކަށް ވާނެ ކަމުގެ ހެއްކެއް ނޫން ކަމަށް ބުންޏެވެ. 

ކަރީނާ ބުނީ އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅަކީ އަމިއްލައަށް އުޅެން އިނގޭ، އަމިއްލަ މަސައްކަތުން ކާމިޔާބު ހޯދާ ކުއްޖަކަށް ވާން ކަމަށެވެ. 

އަދި ކާމިޔާބު މަންމައަކާއި ބައްޕައެއް ހުރުމުގެ މާނައަކީ ތައިމޫރު ކާމިޔާބު ވާނެ ކަމުގެ ހެއްކެއް ނޫން ކަމަށާއި، ތައިމޫރު ބޭނުން ރޮނގަކުން ކުރިއަށް ދެވޭނެ ކަމަށް ވެސް ކަރީނާ ބުންޏެވެ. 

ކަރީނާ އާއި ސައިފް މިހާރު ތިބީ ދެވަނަ ދަރިފުޅުގެ އިންތިޒާރުގަ އެވެ. އެކަން ރަސްމީކޮށް އާއްމުކުރީ ދާދި ފަހުން ނެރުނު ބަޔާނެއްގަ އެވެ. ފުރަތަމަ ދަރިފުޅު ތައިމޫރަށް މިހާރު ތިން އަހަރެވެ. 

ކަރީނާ ދެން އެންމެ އަވަހަށް ފެންނާނީ ކަރަން ޖޯހަރުގެ ފިލްމު ތަހުތު އަދި އާމިރު ހާނާއެކު ފިލްމު ލާލް ސިންގް ޗައްދާ އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް