ads
އަލިފާން ރޯވި ތެޔޮ ޓޭންކަރު-- ފޮޓޯ: ބެންކޮކް ޕޯސްޓް
ތެޔޮ ޓޭންކަރުން އަދިވެސް އަލިފާންގަނޑު ނިއްވާ ނުލެވޭ
ސްރީލަންކާގެ އިރުމަތީ އައްސޭރި ފަށުގެ ބޭރުން އަލިފާން ރޯވި ތެޔޮޓޭންކަރުގައި އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށް ލަންކާގެ ނޭވީއިން މިއަދު ބުނެފި އެވެ.

ބުރާސްފަތި ދުވަހު އަލިފާން ރޯވެފައި ވަނީ ނިއު ޑަޔަމަންޑް ޓޭންކަރުގެ އިންޖީން ރޫމްގަ އެވެ. އެ އަލިފާންގަނޑު ވަނީ ޓޭންކަރުގެ ބްރިޖަށް ފެތުރިފަ އެވެ. 

އޭގައި ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ތެޔޮ ރައްކާކޮށްފައި ހުރި ކަމަށް ވެއެވެ. އިންޑިއާ އަދި ރަޝިއާ އާއި ލަންކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.

ލަންކާ ނޭވީގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ޑެ ސިލްވާ ވިދާޅުވީ އެ ބޯޓު މިހާރު އޮތީ ލަންކާގެ އިރުން 40 ކިލޯމީޓަރު ދުރުގައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. 

އޭނާ ވިދާޅުވީ ބޯޓު ބާއްވާފައި އޮތް ހިސާބަކީ ތެޔޮ ލީކުވެއްޖެ ނަމަ ގޮނޑުދޮށާއި އައްސޭރިފަށަށް ގެއްލުން ނުވާނެ ދުރުމިނުގައި ކަމަށެވެ. އިއްޔެ ނޭވީން ބުނީ ތެޔޮ ފޭބުމުގެ ބިރެއް ނެތް ކަމަށެވެ. 

އިންޑިއަން އޮއިލް ކޯޕް ކުންފުނީގެ 20 އަހަރުވީ ނިއު ޑަޔަމަންޑު ދަތުރު ކުރަމުން ދިޔެއީ ކުވެއިތުގެ މިނާ އަލް އަހްމަދީ ބަނދަރުންނެވެ. އޭގެ މިސްރާބު ހުރީ އިންޑިއާގެ ޕަރަދިޕް ބަނދަރަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް