ads
ލ.ގަން ކޮވިޑް ފެސިލިޓީ-- ފޮޓޯ: ރާއްޖެ ޑޮޓް އެމްވީ
ކޮވިޑް ޖެހުނު އެއްމަހުގެ ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ދ. ކުޑަހުވަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއް މަހުގެ ކުއްޖަކަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ މިދިޔަ ހަފްތާގައި ކުޑަހުވަދޫ އިން ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އާއި ބައްޕަގެ އިތުރުުން ފިރިހެން ކުއްޖަކު ޕޮޒިޓިވްވެ އޭގެ ތެރެއިން އެއްމަހުގެ ކުއްޖާގެ ހާލު ސީރިއަސްކަމަށް ފެންނާތީ ޑޮކްޓަރުންގެ ލަފާގެ މަތިން ލ. ގަން ކޮވިޑް ފެސިލިޓީއަށް ގެނެވި އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. 

އެކުއްޖާ އެޑްމިޓް ކުރެވިފައިވަނީ މިއަދު ހެނދުނު 8:30 ކަމަށެވެ. އަދި ކުއްޖާއަށް އެހީތެރިވުމަށް ކުއްޖާގެ މަންމަ އާއި އެކު އައިސިޔޫގައި ކުއްޖާ އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު މީހަކު ގަން ކޮވިޑް ފެސިލިޓީގައި މިވަގުތު ނެތް ކަމަށާއި ކޮވިޑް ކޭހެއްވެސް މިވަގުތު ރަށުގައި ނޫޅޭކަމަށް ވިދާޅުވި އެވެ. އަދި ކުއްޖާގެ ހާލުވެސް މިވަގުތަު ރަނގަޅުކަމަށް މައުލޫމާތުދެއްވި އެވެ.

އިތުރު ފަރުވާ ދިނުމަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައިސީޔޫގައި މިއަދު އެޑްމިޓް ކުރެވިފައިވާ އެއްމަހުގެ ކުއްޖާއަކީ ހޯމް ކަރަންޓީންގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ޕްޒިޓިވްވެފައިވާ ކުއްޖެކެވެ. ރަށްރަށަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށި ފަހުން، ރާއްޖޭގެ އެކި ރަށްރަށުން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެގޮތުން ރާއްޖޭގެ 39 ރަށަކުން 95 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި 87 ދިވެހިންނާއި އަށް ބޭރު މީހުން ހިމެނެ އެވެ.  

މީގެ ތެރެއިން ގިނަ މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް ތިން ރަށެއްގެ ބަޔަކު ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެއީ ބ. އޭދަފުށިން ޕޮޒިޓިވްވި އަށް މީހުންގެ ތެރެއިން އެއަތޮޅު ކޮވިޑް ފެސިލިޓީގައި ހުރި އެކަކާއި ރ. ދުވާފަރުން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ބ. އަތޮޅު ކޮވިޑް ފެސިޓީގައި ހުރި މީހެއްގެ އިތުރުން ގއ. ދާންދޫއިން ޕްޒިޓިވްވި ދެ މީހުންވެސް މިވަގުތު ތިބީ ގއ. ވިނލިގިލީ ކޮވިޑް ފެސިލިޓީގަ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް