ads
ޝޯގެ ޖަޖުން--
އިންޑިއާސް ބެސްޓް ޑާންސާގެ ކުރޫއިންތަކަކަށް ކޮވިޑް ޖެހިއްޖެ
"އިންޑިއާސް ބެސްޓް ޑާންސާ" ގެ ކުރޫއިންތަކެއް ކޮވިޑް-19 އަށް ޕްޒިޓިވެ އެ ޝޯ މެދުކަނޑާލައިފި އެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޓީވީ ޑްރާމާތަކުގެ ޝޫޓިންތައް ފަށާއި އާ ޝޯ އެޕިސޯޑުތައް ދައްކަން ފެށިއިރު ފެނިގެންދިޔައީ ރައްކާތެރިވުމުގެ ގޮތުން ފޭސް މާސްކް އާއި އަންގި އަދި ފޭސް ޝީލްޑް ވެސް ބޭނުންކުރަން ފެށި މަންޒަރެވެ. އެއާއެކު އެކަމަށް މީހުން މިވަނީ ޖޯކު ވެސް ޖަހަން ފަށާފަ އެވެ.

އެކަމުކު އޭރުގެ ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ޓީވީ ޗެނަލްތަކުންދިޔައީ ޝޯތައް ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް އަލުން ސްޓާ ޕްލަސް ޑްރާމާތަކުގެ ޝޫޓިންތައް ފެށިއިރު ދިވެހިންގެ މެދުގައި ވެސް މަގްބޫލު، ކަސޯޓީގެ ޑްރާމާގެ ޝޫޓިންތައް ފެށި ދުވަހު ވަނީ އޭގައި އަނުރާގުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނަށް ކޮވިޑް ޖެހިގެން ޝޫޓިންތައް ހުއްޓާލާފަ އެވެ.  

އޭގެ ފަހުން މިއަދު އިވިގެން ދިޔަ ހަބަރަކީ ސޮނީ ޓީވީން ގެނެސްދެމުންދިޔަ "އިންޑިއާސް ބެސްޓް ޑާންސާސް" ގެ ގިނަ އަދަދެއްގެ މެންބަރުންތަކަކަށް ކޮވިޑް ޖެހި އެ ޝޯ މެދުކަނޑާލާފައިވާ ހަބަރެވެ. ކުރޫ މެންބަރުންގެ ތެރެއިން އަށް މެންބަރަކަށް ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ޝޯގެ ޖަޖުންގެ ތެރެއިން ގީތާ ކަޕޫރް ބުނެފައިވަނީ ކޮވިޑް-19 ގެ މިދަނޑިވަޅުގައި ޝޯ ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ޝޯގެ ތެރެއިންވެސް އަޅަމުންދިޔަ ކަަމަށެވެ. 

"ކޮންޓެސްޓުން ތެރެއިންވެސް އެއްބައި ކުދިން ތިބީ ޗެނަލްތެރެއިން އެކަމަންޑޭޓްކޮށްގެން އެމީހުން ބޭރަކަށްވެސް ގެޔަކަށްވެސް ނުދޭ. އެކަމަކު ވެދާނެ ބަކީ ދެންތިބި ކޮންޓެސްޓުން ކޮންމެވެސް މީހަކާއި ދިމާވެގެން ވީކަމެއް ކަމަށް. އެއްގޮތަކަށްވެސް ނޭނގެ ޕޮޒިޓިވްވީ ކިހިނެއް ކަމެއް. ޝޯގެ ތެރެއިން ސިއްހީ ގޮތުން ހަމަ ރަނގަޅު ފިޔަވަޅުތަކެއް އަޅައިގެން ޝޯ ކުރިއަށް ގެންދަމުންދިޔައީ،" ގީތާ ބުނެފައިވެ އެވެ.

އިންޑިއަން ފިލްމް އެންޑް އިންޑިއަން ޓެލެވިޝަން ޑިރެކްޓާ އެސޯޝިއޭޝަން ގެ ސީއީއޯ މިކަމާއި ގުޅިގެން ބުނީ ތިން ދުވަހުގެ މުއްދަތައް ޝޯ މެދުކަނޑާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ރިޕޯޓް ކޮށްފައިވަނީ ޕޮޒިޓިވްވި އަށް ކޭސްކަމަށާއި އެހެންނަމަވެސް އިތުރު ކޭސްތައް ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

އިންޑިއާގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު ފިލްމީ ދާއިރާ މުޅިން ހުއްޓުމަކަށް އައެވެ. އެއާއެކު ކޮންމެ ދުވަހަކު ނަގަމުން އައީ ޓީވީ ޝޯތައް ހުއްޓި، ދައްކަން ފެށީ ކުރީގެ ބައިތަކެވެ. ލޮކްޑައުންގައި ގޭގައި ބަންދުވެފައި ތިބެން ޖެހުމުން، ޓީވީ ބަލާ މިންވަރު އިތުރަސް، އަބަދު އެއް ބައިތަކެއް ދައްކަމުންދާތީ ކަންބޮޑުވުންތައްވެސް ހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް