9770
CONFIRMED

DEATHS
8390
RECOVERED
🌏31,245,797
INFECTED
🌏21,394,593
RECOVERED
🌏963,693
DEATH
🌏68%
RECOVERY RATE
ފޮޓޯ: މޯލްޑިވިއަން--
މޯލްޑިވިއަންގެ މެލޭޝިއާ ދަތުރު މި މަހު 20 އަށް ފަސްކޮށްފި
Share
މި މަހު 10 ގައި މޯލްޑިވިއަން އިން މެލޭޝިއާއަށް ކުރަން ހަމަޖެހިފައި އޮތް ދަތުރު ފަސްކޮށްފި އެވެ.
Advertisement

ގައުމީ އެއާލައިނުން ބުނީ އެ ދަތުރު ފަސްކޮށްފައި ވަނީ ގިނަ އަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތިން ކަމަށެވެ. 

ކުއަލަ ލަމްޕޫރަށް ކުރާ އެ ދަތުރު ކުރިން ކުރަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 10 ގައެވެ. 

އެކަމަކު މޯލްޑިވިއަނުން ބުނީ މިހާރު އެ ދަތުރު ކުރަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 20 ގައި ކަމަށެވެ. 

އެ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 385 ޑޮލަރު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. 

މެލޭޝިއާއަށް ހާއްސަ ދަތުރެއް ކުރަން ނިންމާފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އައި ދަރިވަރުންގެ ކިޔެވުން ފެށުމުން އަލުން ވަނީ އެގައުމަށް ދާން ބޭނުންވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް