ads
ގައިދީން ތަކެއް މަސައްކަތް ކުރަނީ
ގައިދީންގެ އަސާސީ ހިދުމަތްތަކާއި އިނާޔަތުގެ ގަވާއިދު ތަސްދީގުކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްކާއި އިނާޔަތްތަކުގެ ގަވާއިދު ތަސްދީގުކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައި ތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތް ތަކާބެހޭ ގަވާއިދު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގައި ދިވެހި ސަރުކާރުގެ ގެޒެޓާއި ކަރެކްޝަންސްގެ ވެބްސައިޓްގައި ޝާއިއުކޮށް، އެ ގަވާއިދަށް ވަނީ އަމަލުކުރަން ފަށާފަ އެވެ. 

ކަރެކްޝަންސް އިން ބުނީ އެ ގަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ދޭންޖެހޭ އެންމެހާ އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ ހިދުމަތްތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުން ކަމަށެވެ. އެ ގަވާއިދު ފާސްކުރުމާ ގުޅިގެން، ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު އަދި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު ބާތިލުވެގެންދާނެ ކަމަށެވެ.

ފާސްކުރެވުނު އާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ގުރްއާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާހާނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެ އެވެ. ބޭސް ފަރުވާ ކުރުމުގެ އިންތިޒާމާއި ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމާއި މުޖްތަމައުއަށް އަނބުރާ ގެނައުމަށްޓަކާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އާއިލާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ފޯން ކޯލް ދިނުމާއި އާއިލީ ބައްދަލުވުން މަދުވެގެން މަހަކު އެއް ފަހަރު ދެ ގަޑިއިރަށް ދިނުމާއި، އެކަހެރި ބައްދަލުވުން މަހަކު އެއް ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށް ދިނުން ވެސް ހިމެނެއެވެ. އެގޮތުން އާއިލީ ބައްދަލުވުން ވީޑިއޯ ކޯލް މެދުވެރިކޮށް ވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާއިރު ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ފޯރުކޮށްދިނުމާއި މަސައްކަތްކުރާ ގައިދީންގެ އުޖޫރައަށް ބަދަލުގެނެއުމާއި ޖަލުގައި ބަންދުކުރެވޭ ފަރާތްތައް ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަން ނިދުމަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލިކުރުމާއި ވައި ދައުރުވާގޮތަށް ވެންޓިލޭޝަން ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ގައިދީއެއް ނުވަތަ ބަންދުކުރުވޭ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފަރާތުގެ ގައުމުގެ އެމްބަސީ އަދި އާއިލާއަށް ގުޅުމަށް ފޯން ކޯލް ދިނުން ވެސް ހިމެނެ އެވެ.

ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޕްރިޒަން އޮފިސަރުން މި ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ރާވާ ހިންގުމަށް ޖަލުތަކުން ދަނީ މަސައްކަތްކުރަމުން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ އެ ގަވާއިދު ކަރެކްޝަންސްގެ ވެބްސައިޓް ގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް