ads
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުން--
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލު ހުރީ އަދިވެސް އެއް އަގެއްގައި
އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލުގެ އަގު މިދިޔަ މާޗު މަހުގެ ތެރޭގައި ބޮޑުތަނުން ހެޔޮކުރިއިރު އަދިވެސް އެ އަގު ހުރީ އެއް ވަރެއްގައި ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އަދިވެސް ޕެޓްރޯލް ޝެޑްތަކުން ވިއްކަމުން އަންނަނީ މިދިޔަ މާޗު މަހު އެކުންފުނިން ކުޑަ ކުރި އަގުގަ އެވެ. 

މާޗު މަހު އެސްޓީއޯ އިން ވަނީ ޑީސަލް ލީޓަރަކުން 1.68 ރުފިޔާ ހެޔޮކޮށް އެތަނުން 10.39 އަކަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް 8.71 ރުފިޔާއަށް ވިއްކަން ފަށާފަ އެވެ. 

އޭގެ އިތުރުން، 9.60 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރަކުން 1.53 ރުފިޔާ އުނިކޮށް ޕެޓްރޯލް ލީޓަރެއް 8.07 ރުފިޔާއަށް ވިއްކަން ފަށާފަ އެވެ. 

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މާޗު މަހުގެ 21 ގަ އެވެ.

ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެސްޓީއޯއިން އެތަނުން ވިއްކަމުން އަންނަ ތެލުގެ އަގު އޭރު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް