ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗަށް ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދަނީ
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ 13 ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލަށް ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދަން އިއުލާންކުރާކަމަށާއި އެގޮތުން ދުވާލަކު ހަ ގަޑިއިރު ހަފުތާއަކު ފަސް ދުވަހު ދަންފަޅި އުސޫލުން މަަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަހު މުސާރައިގެ ގޮތުގައި 5610 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ލިބެ އެވެ. 

އޭގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބެ އެެވެ. އަދި އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ފައިސާ ވެސް ލިބޭނެ ކަމަށް ބުނެ އެވެ.

އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޯޕީޑީއާއި އައިޕީޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، ހެލްތު މިނިސްޓްރީއާއި ޕަބްލިކް ހެލްތު މެދުވެރިވެގެން އަންނަ ސާމްޕަލްތައް ބަލައިގަތުމާއި އައިޑެންޓިފިކޭޝަންތައް ޗެކްކުރުމާއި ކުރަންޖެހޭ ތަޙްލީލުތަކުގައި ލަފާ ހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލާމާތު ސާފުކޮށްދިނުމެވެ. 

އަދި ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓުތައް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ އާއި އެއްގޮތަށް ޕްރޮސެސްކުރުމާއި ޓެސްޓުތައް ފުރިހަމަކުރުމާއެކު ރިޕޯޓްތައް ނިންމުމަށް ކަނޑައެޅިފައިވާ ގަޑިއަށް ތައްޔާރުކުރުމާއި ރެޖިސްޓްރީތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށް ލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮމްޕިއުޓާ ސިސްޓަމަށް އެންޓާކޮށް ބެލެހެއްޓުމާއި ޓެސްޓް ނަތީޖާއާއި ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުމެވެ. 

އޭގެ އިތުރުން ހާއްސަ ލެބޯޓްރީ ޓެސްޓުތައް ކުރުމާއި ކުރެވޭ ޓެސްޓުތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރުމާއި މެޑިކަލް ލެބޯރެޓަރީ ނުވަތަ މެޑިކަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއްގެ ސަނަދެއް ނުވަތަ ލެވެލް ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. 

އެކަމަށް ޝައުގުވެރިވާ ފަރާތްތައް ސެޕްޓެމްބަރު 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ތައުލީމީ ސެޓްފިކެޓްތަކާއި އަދިވެސް ބޭނުންވާނެ ލިޔެކިޔުންތައް މެއިލް ކުރުމަށް އެދިފައިވެ އެވެ. އަދި

ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން، ކުރިމަތިލާ ޑިޕާޓްމަންޓްގެ ނަން އަދި އައިޑީ ކާޑް ނަންބަރު ހިމެނުމަށް ދެންނެމަށް ވެސް އެދެ އެވެ. އަދި އެ ނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް