ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
ކޮވިޑް ޖެހުނު އަށް މީހަކު އައިސީޔޫގައި، ތިން މީހަކު ވެންޓިލޭޓަރުގައި
ކޮވިޑް-19 ޖެހިގެން އަށް މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އަދި ވެންޓިލޭޓަރުގައި ތިން މީހަކަށް ފަރުވާދެމުންދާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބަށްދަލުވުމުގައި ވާހަކަދަށްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އަށް މީހަކަށް އައިސީޔޫގައި އަދި ވެންޓިލޭޓަރުގައި ތިން މީހަކަށް ފަރުވާދެމުންދާއިރު މިހާތަނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 168 މީހަކަށް ފަރުވާދެމުންދާ ކަމަށެވެ.  

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ހަތަރު ބަލިމީހަކު އޮތްއިރު އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި 155 މީހުންނަށް މިވަގުތު ފަރުވާ ދެމުންދާ ކަމަށާއި އެއީ ވޯޑްގައި 151 އެއް މީހަކަށާއި އައިސީޔޫގައި ހަތަރު މީހުންނަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ފަސް ބަލި މީހަކު ތިބިއިރު އެ ހޮސްޕިޓަލްގެ 20 ވަނަ ފަންގިފިލާގައި އެއް ބަލިމީހަކަށް ފަރުވާދެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އައިސީޔޫގައި އޮތް ހަތަރު މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.  

އަތޮޅުތަކަށް ބަލާއިރު ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެއް ބަލިމީހަކު އޮތްއިރު ގއ. ކޮވިޑް ފެސިލިޓީގައި ދެމީހުންނަށް ފަރުވާދެމުންދާ ކަމަށް ވިދާޅުވިއެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1235 މީހުން ތިބިއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުން 53 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފުލޫ ކުލިނިކްތަކަށް 86 މީހުން ދައްކާފައިވާއިރު 71 ސާމްޕަލް ވަނީ ނެގިފައި ކަމަށާއި މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫގެ އިތުރުން ގދ. މަޑަވެލި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 8488 އަރާފައި ވާއިރު 5822 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް