ads
މަޝްހޫރު ލަވަކިޔުންޔެރިޔާ ރިއާނާ--
ރިއާނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޑޮކިޔުމަންޓްރީއެއް ނެރެނީ
މަޝްހޫރު ލަވަކިޔުންޔެރިޔާ ރިއާނާގެ ދިރިއުޅުން ދައްކުވައިދޭ ޑޮކިއުމަންޓަރީއެއް ގެނެސްދޭން ޕީޓާ ބާގް ރިހާނާއާއިއެކު މަސައްކަތް ކުރާތާ ހަތަރު އަހަރު ވަނީ ވެފަ އެވެ.

އެހެންނަމަވެސް އެ މަސައްކަތް ނުނިމި ލަސްވަމުން ދަނީ ރިއާނާގެ މަސައްކަތްތައް ހުންނަ ގޮތުން ކަމަށް އޭނާ ބުނެފައި ވެއެވެ.

"ރިއާނާގެ ޑޮކިއުމެންޓްރީ މަސައްކަތުގައި އަހަރެން ރިހާނާއާއިއެކު މަސައްކަތް ކުރާތާ މިހާރު ގާތްގަނޑަކަށް ހަތަރު އަހަރު ވެއްޖެ. ރިއާނާއަކީ ފާހަގަކޮށްލެވޭ އަންހެނެއް. ކޮންމެ ދުވަހަކުހެން އޭނާގެ މަސައްކަތް ދަނީ ކުރިއަރަމުން އަދި އިތުރު ވިޔަފާރީތައް ވެސް އުފައްދަމުން ބޮޑުވަމުން. އެހެންވީމަ ކޮންމެ ފަހަރަކު ފިލްމް ނިމިދާނެހެން އަހަރުމެންނަށް ހީވާތަނުން އަނެއްކާވެސް ރިއާނާގެ އިތުރު ކާމިޔާބު މަސައްކަތްތަކެއް ތައާރަފްވޭ،" ޕީޓާ ބާގް ވަނީ ބުނެފަ އެވެ.

ޕީޓާ ބުނީ ރިއާނާއަކީ ކުޅަދާނަ ލަވަކިއުންތެރިއެއްގެ އިތުރުން ވަރުގަދަ ބިޒްނެސް ވުމެންއެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ރިއާނާގެ މަސައްކަތްތައް ދަނީ ފުޅާވަމުން ބޮޑުވަމުން ކަމަށްވުމުން މަސައްކަތް އެހާ ދިގުލައިގެން ދިޔަ ނަމަވެސް މިހާރު އުންމީދު ކުރަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ޑޮކިއުމަންޓަރީ ގެނެސްދެވޭނެ ކަމަށް ކަމަށް ޕީޓާ ބުނެފައި ވެއެވެ.


ޕީޓާ ބުނި ގޮތުގައި ޑޮކިއުމަންޓަރީ ސްޓްރީމް ކުރެވޭނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ 4 ގަ އެވެ. 

މީގެ އިތުރުން ޕީޓާ ދަނީ މިއުޒިކް ދާއިރާގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ކްރިސް ކޯނަލްގެ ޑޮކިއުމަންޓަރީ އެއްވެސް ގެނެސްދޭން ތައްޔާރު ވަމުންނެވެ. އެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުނި ނަމަވެސް އާއްމުންނާއި ހަމަޔަށް އަންނާނެ ދުވަހެއް އަދި ބުނެފައް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް