މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
އެހެންކަމުން މެންދުރު 13:00 އަށް އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރިފައިވާ ކަމަށް ބުނެ އެވެ.
މެޓުން ވަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ރާއްޖެގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 6-9 ގައި ކަމަށް މެޓުން ބުނެ އެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރެ އެވެ.