ads
ދިރާގުން ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފުކުރަނީ--
ދިރާގުން ހޮސްޕިޓަލިޓީ ދާއިރާއަށް ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފުކުރަނީ!
ދިރާގުން ސްމާޓްބީންސް އިންކް އާއި ލިއާ އިންކް ގުޅިގެން ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފުކުރަން އެ ކުންފުނިން އިއުލާން ކޮށްފިއެވެ.

ވޫހޫ އަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުން ބޭނުންވާ ކަންތައްތައް "ވޮއިސް ކޮމާންޑް" އަކުން އެއްވެސް މީހަކާ ކޮންޓެކްޓް ނުވެ ކުރެވޭނެ ވަސީލަތެކެވެ.

ވޫހޫ އަކީ ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށް ކަސްޓަމަރުންނާއި ފަތުރުވެރިންނަށް އިތުރު ހިތްހަމަޖެހުމާއި ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ބޭނުންމުގައި ސިލިކޯން ވެލީގެ ކުންފުންޔެއް ކަމަށްވާ ސްމާޓް ބީންސް އިންކް އިން ތައްޔާރު ކުރި، އެވޯޑް ހާސިލްކޮށްފައިވާ އެންޓަޕްރައިޒް އޭއައި އެސިސްޓެންޓެކެވެ.

ވޫހޫގެ ވޮއިސް އޭއައި އެސިސްޓެންޓުންގެ ސްޕީކާސް (ޖޭބީއެލް އިން ފޯރުކޮށްދީފައިވާ) އިން ގެސްޓުންނަށް ފަސޭހަކަމާއެކު ޑިވައިސް އާ ވާހަކަ ދައްކައިގެން ނުވަތަ ވޮއިސް ކޮމާންޑް މެދުވެރުކޮށް ބޭނުންވާ ކަންތައްތައް ކުރެވޭނެއެވެ. މިސާލަކަށް ރޫމް ސާވިސް އަށް އޯޑާ ކުރުން، މިއުޒިކް، ރޫމްގެ ޓެމްޕަރޭޗާ ކޮންޓްރޯލްކޮށް ރިސެޕްޝަންއަށް ގުޅުން ފަދަ ކަންތައްތައް ހިމެނެއެވެ. ވޫހޫގައި މިހާރު 40 އަށް ވުރެ ގިނަ ހޮސްޕިޓާލިޓީ ސޮލިއުޝަންސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި އިން-ރޫމް އޮޓޮމޭޝަން، ހައުސްކީޕިން، ޕްރޮޕާޓީ މެނޭޖްމެންޓް އަދި ޕޮއިންޓް އޮފް ސޭލްސް ފަދަ ހިދުމަތްތައް ހިމެނެއެވެ.  

ލިއާ އިންކް އިން ފޯރިކޮށްދީފައިވާ ވޫހޫ 3ޑީ ޓެބްޕެލެޓްސް އަކީ ވޫހޫ ވޮއިސް އެސިސްޓެންޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ޑިވައިސްއެކެވެ. އަދި މިއީ 3ޑީ ލައިޑްފީލްޑް ޓެބްލެޓްގެ އެންމެ ފުރަތަމަ ޓެބެލެޓްވެސް މެއެވެ. މި ޓެބްލެޓް މެދުވެރިކޮށް އަސްލާ އެއްގޮތަށް، 3ޑީ ކޮށް މަންޒަރުތަކާއި ފޮޓޯތައް ބަލާލެވޭނެއެވެ. އަދި މި ހާއްސަ ޓެބްލެޓް ބޭނުން ކުރުމަށް އެއްވެސް ހާއްސަ 3ޑީ އައިނެއް ފަދަ އެއްޗެއް ބޭނުމެއް ނުވެއެވެ. ލިއާ އިންކް އަކީ ދުނިޔޭގައި މޯބައިލް ޑިވައިސްތަކަށް ލައިޓް ފީލްޑް ޓެކްނޮލޮޖީ އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުންޏެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ވެސް ހޮސްޕިޓާލިޓީ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. އަދި ލޮކްޑައުން އުވާލާ، ދަތުރުފަތުރު ކުރުމުގެ ހުއްދަ ލިބުނު ކަމުގައި ވީ ނަމަވެސް، ކުރިން އޮތް ގޮތަށް ޓުއަރިޒަމް ދާއިރާ އެނބުރި ދިޔުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. 

އެހެންކަމުން، "ވޫހޫ" ފަދަ ޑިޖިޓަލް ވޮއިސް އެސިސްޓެންޓެއް ވާނީ ވަރަށް މުހިންމު ވަސީލަތަކަށް ކަމަށް ދިރާގުން ބުނެ އެވެ. ސަބަބަކީ ވޫހޫ ބޭނުންކުރުމުން އެކަކު އަނެކަކާ ކޮންޓެކްޓްވުން މަދުވެ، ގައިދުރުކަން އިސްކޮށް، ގެސްޓުންގެ ބޭނުންތައް ވަރަށް ފަސޭހައިން ވޮއިސް ކޮމާންޑަކުން ކޮށްލެވޭނެތީ އެވެ. 

މިކަމާ ގުޅިގެން ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސަރ ވިދާޅުވި ގޮތުގައި ސްމާޓް ބީންސް އިންކް އަދި ލިއާ އިންކްއާއި ގުޅިގެން ދިރާގުގެ ހޮސްޕިޓާލިޓީ ކަސްޓަމަރުންނަށް، އެ ފަރާތްތަކުގެ ގެސްޓް އެކްސްޕީރިއަންސް ޑިޖިޓައިޒް ކުރުމަށް ކޮންޓެކްލެސް ވޮއިސް އެސިސްޓެންޓެއް ތައާރަފު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވޫހޫގެ ސަބަބުން ފަތުރުވެރިންނަށް ރިސޯޓްތަކުގައި، ރޫމް ސާވިސް އަދި މުނިފޫހިފިލުވުން ފަދަ ތަފާތު ކަންތައްތަކުގައި އިތުރު ލުއި ފަސޭހަތަކާއި، ހިތްހަމަޖެހުމާއި ރައްކާތެރިކަން ލިބި، ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވި އެވެ. 

ސްމާޓްބީންސް އިންކް ގެ ޗީފް އިނޮވޭޝަން އޮފިސަރު ހިމާންޝޫ ކައުލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާ ގުޅިގެން ރާއްޖެއަށް "ވޫހޫ" ތައާރަފު ކުރެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި ވޫހޫ އަކީ ނެކްސްޓް ޖެނެރޭޝަން ކޮގްނިޓިވް އޭއައި ބޭނުން ކުރާ ވަސީލަތެއް ކަމުގައި ވުމުން، ވޫހޫ މެދުވެރިކޮށް ހޮސްޕިޓާލިޓި ދާއިރާގެ ވިޔަފާރިތަކަށް، ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ދެވޭނެ ކަމުގައިއެވެ. 

ލިއާ އިންކް ގެ ފަރާތުން އެ ކުންފުނީގެ ކޯ ފައުންޑަރު އަދި ސީއީއޯ ޑޭވިޑް ފަޓާލް ވިދާޅުވި ގޮތުގައި، ހޮސްޕިޓާލިޓީ ދާއިރާއަށް ލައިޓްފީލްޑް އިމޭޖިނަރީ ތައާރަފު ކުރެވުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ވޮއިސް ކޮމާންޑާއި ހޮލޮޖްރަފިކް އިންޓަރެކްޝަންތައް މެދުވެރިކޮށް ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް