ads
ތޫފާން ހައިޝެން--
ޖަޕާނުން ތޫފާން ހައިޝެން އަށް ތައްޔާރުވެއްޖެ، ދެ ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް
ތޫފާން ހައިޝެން އަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުގައި 200،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގައިފި އެވެ.

ތޫފާން ހައިޝެން މިއަދު ޖަޕާނަށް އަރާ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ގަޑިއަކު 100 މޭލު ބާރުމިނުގައި ވައިޖެހިދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ޖަޕާނުގެ ކިޔޫޝޫ ފަހަނަ އަޅާ، މާދަމާ ދެކުނު ކޮރެއާއަށް އެ ތޫފާނު އަރާނެ ކަމަށް ބެލެވެ އެވެ. ދާދި ފަހުން ވަނީ އެ ސަރަހައްދަށް ތޫފާން މައިސަކް ވެސް އަރާފަ އެވެ. 

ތޫފާން މައިސަކް އަކީ ފަހުގެ ތާރީހެއްގައި އިރުމަތީ އޭޝިއާ ސަރަހައްދަށް އައި އެންމެ ބާރުގަދަ ތޫފާނެވެ. 

މިއަދު އަރާނެ ކަމަށް ލަފާކޮށްފައިވާ ތޫފާމް ހައިޝެންއާ ގުޅިގެން ކަނޑުމައްޗަށް ގެއްލިފައިވާ ޖަޕާނުގެ ކާގޯ ބޯޓުގެ ކްރޫއިން ހޯދުމަށް ކުރަމުންދާ މަސައްކަތް ވެސް މިހާރު ވަނީ މެދުކަނޑާލާފަ އެވެ. 

އެ ބޯޓު އަޑިއަށް ދިޔެއީ ތޫފާން މައިސަކްގެ ސަބަބުންނެވެ. އޭގައި 43 މީހުން ތިއްބެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ދިރިހުއްޓާ ސަލާމަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް