ads
ގެއްލުނު ޑިންގީ-- ފޮޓޯ: އެމްއެންޑީއެފް
ފުނަދޫ ފަޅުގައި އަޅާފައި އޮތް ޑިންގީއެއް ގެއްލިގެން ހޯދަނީ
ށ. ފުނަދޫ ފަޅުގައި އަޅާފައި އޮތް ޑިންގީއެއްގެ ފައްތިޔާ ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 11:46 ހާއިރު ކަމަށެވެ.

ޑިންގީ ހޯދުމަށްޓަކައި އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

your imageގެއްލުނު ޑިންގީ-- ފޮޓޯ: އެމްއެންޑީއެފް

މި ޑިންގީއަކީ ފުނަދޫ ދަށް ފަޅުގައި އަޅާފައި އޮތް 18 ފޫޓްގެ ޑިންގީއެއް ކަމަށާއި ގެއްލިފައި ވަނީ ފައްތިޔާ ކަނޑައިގެން ގޮސް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެ ރަށްރަށަށް ވެސް ގެއްލުންތަކެއް ލިބެމުންދާއިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް